ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު މުބީން، ގަވާއިދާއި ހިލާފަށް އައިފޯންތަކެއް ރާއްޖެ އެތެރެކުރަން އުޅުންކަމަށް ބުނާ ވާހަކަ އޭނާ ދޮގުކުރައްވައިފިއެވެ.

މިއަދު މީސްމީޑިއާގައިވަނީ، މެންބަރު މުބީންއާއި ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ގުޅިގެން ޑިއުޓީއާއި ނުލާ 30 އައިފޯން އެތެރެކުރަން މަސައްކަތް ކުރިކަމަށްބުނެ އަޑުފަތުރާފައެވެ.

އަދި މުބީންއާއި ނަރީޝް އެކަން ކުރުމަށް ކަސްޓަމްސް އޮފިސަރުންނަށް ބިރުދައްކާފައިވާކަމަށް ވެސް މީސްމީޑިއާގައި ވަނީ ތުހުމަތުތައް ދައުރުކޮށްފައެވެ.

އެ ވާހަކަތަކާއި ގުޅިގެން މުބީން މިއަދު އެކްސްގައި ވިދާޅުވީ، އެ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މިއިން ދުވަހަކު ރާއްޖެއިން ބޭރަށް ވަޑައި ނުގަންނަވާ ކަމަށާއި އައިފޯން 16 ގެ ވިޔަފާރި ކުރުމަށް މުބީން ނުވަތަ މުބީން އެއްވެސް މީހަކު ލައްވާވެސް މަސައްކަތެއް ކޮށްފައި ނުވާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން، ޑެޕިއުޓީ މޭޔަރު ނަރީޝްއާއިއެކު ދުވަހަކު ވެސް ވިޔަފާރިއެއް ވެސް ނުކުރައްވާ ކަމަށާއި އެކުގައި ބޭރަށް ދަތުރެއް ވެސް ނުކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ. މުބީން ވިދާޅުވީ އެފަދަ ވާހަކަތައް ދައްކަނީ އަބުރު ކަތިލުމުގެ ބޭނުމުގައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން