ޗާގޯސް މައްސަލާގައި ބޭރުގެ ތަޖުރިބާކާރު ފަރާތްތަކުގެ ލަފާ ހޯދަމުންދާކަމަށް އެޓަރނީ ޖެނެރަލް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އިއްޔެ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމް ވިދާޅުވީ، އިނގިރޭސިވިލާތުގެ ނިންމުމާ ގުޅިގެން ބޭރުގެ ތަޖުރިބާކާރުންގެ ލަފާ ހޯދަން ފަށާފައިވާ ކަމަށާއި އެގޮތުން މިހާރުވެސް އެއް ތަޖުރިބާކާރެއްގެ ލަފާ ލިބިފައިވާ ކަމަށެވެ. އަދި މިކަމަކީ ބޭރުގެ ތަޖުރިބާކާރުންގެ ލަފާ ހޯދައިގެން ކުރެވޭ ޒާތުގެ ކަމެއް ކަމުން އިތުރު ލަފާތައް ލިބެންދެން މިވަގުތު މަޑުކޮށްލައްވައިގެން ހުންނެވީކަމަށެވެ.

އަދި މި މައްސަލާގައި ވެސް ޑިވެލޮޕްމަންޓްތަކެއް އުފެދިފައިވާކަން ފާހަގަ ކުރެވޭ ކަމަށާއި އެހެންކަމުން އެކަމުގައި ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުން ގެންދާނެކަމަށް އުޝާމް ވިދާޅުވިއެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ދޫކޮށްލަން އިނގިރޭސީން ނިންމީ މިކަމާ ގުޅޭ މަޝްވަރާތަކެއް ކުރިއަށްދާތާ ޒަމާންތަކެއް ފަހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން