ވައިގެ މަގުން ތައިލެންޑްގެ ބެންކޮކުން އިއްޔެ ރާއްޖެ އައި ދިވެހި ފިރިހެނެއްގެ އަތުން ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ އެ މަސްތުވާތަކެތި އަތުލައިގަތީ އެ މީހާގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އެގޮތުން އެ ފަސިންޖަރުގެ ލަގެޖުން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންއަށް ފައްސިވި ކަމަށް ވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.
ކަސްޓަމްސްއިން ބުނީ އެ ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 1.86 ކިލޯ ހުރި ކަމަށެވެ. އަދި އެ ތަކެތީގެ މަގު މަތީގެ އަގު 3.3 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.
އެ މައްސަަލައިގައި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނައި 33 އަހަރުގެ ފިރިހެން މީހާއާއި ހިފެހެއްޓުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ބުނެއެވެ.
މި ފަހަކަށް އައިސް އަތުލައިގަންނަ މަސްތުވާތަކެތި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު