ދިވެހިރާއްޖެއަށް ވިއްކާ ސްޓާލިންކް ކިޓްގެ އަގު ބޮޑުތަނުން ހެޔޮކޮށްފިއެވެ.

ދުނިޔޭގެ މުއްސަނދި މަހުޖަން، އީލޯން މަސްކުގެ ސްޓާލިންކުގެ ކިޓް ރާއްޖޭގައި މީގެކުރިން ވިއްކަމުން ގޮސްފައިވަނީ 10،300ރ. އަށެވެ. ނަމަވެސް މިހާރު މީގެ އަގު ވަނީ 5999ރ. އަށް ތިރިކޮށްފައެވެ.

އެންމެ ދެ ހަފްތާ ތެރޭގައި ޝިޕްކޮށްދޭ ސްޓާލިންކް ކިޓްގައި ހިމެނެނީ ސްޓާލިންކް ޑިޝް އެންޓަނާއަކާއި މައުންޓެއްގެ އިތުރުން ވައިފައި ރައުޓަރ ޔުނިޓެކެވެ.

ސްޓާލިންކް ޚިދުމަތުން 200 އެމްބީޕީއެސްއާ ހަމައަށް ސްޕީޑް ލިބޭއިރު، ކޮންމެ މަހަކު މި އިންޓަނެޓަށް ދައްކަން ޖެހެނީ 1،000 ރުފިޔާއެވެ.

އީލޮން މަސްކްގެ ސްޕޭސް އެކްސް އިން ބިޔަ ސެޓެލައިޓް ވިއުގައާއެކު ބިނާކޮށް، ތަރައްގީކުރަމުން އަންނަ މި ޚިދުމަތް ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމުގައި ބޭނުންކުރެއެވެ. މި ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ދުނިޔޭގެ ހުރިހާ ހިސާބަކަށް ވެސް އަވަސް، އަގުހެޔޮ އިންޓަނެޓްގެ ޚިދުމަތްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

ސްޓާލިންކް އިންޓަނެޓް ޚިދުމަތް ތައާރަފުކުރީ 2019 ގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން