ދެ މީހަކު ބުރިޖުގައި ސައިކަލު ދުއްވާފައި ދަނީ--
ދެ މީހަކު ބުރިޖުގައި ސައިކަލު ދުއްވާފައި ދަނީ--
ރާއްޖެއަަށް މިދިޔަ އަހަރު 15،000 އަށްވުރެ ގިނަ ސައިކަލު އެތެރެކުރި ކަމަށް ކަސްޓަމްސްއިން ބުނެފި އެވެ.

އިއްޔެ ފާހަގަކުރި ބައިނަލްއަގުވާމީ ސްޓެޓިސްޓިކްސް ދުވަހާ ގުޅިގެން ކަސްޓަމްސްއިން ބުނީ ރާއްޖެއަށް މިދިޔަ އަހަރު އެކަނި ވެސް 15،551 ސައިކަލު އެތެރެކުރި ކަމަށެވެ. އަދި 1347 ކާރު މިދިޔަ އަހަރު އެތެރެކުރި ކަމަށް ވެސް ކަސްޓަމުން ބުނެފައި ވެއެވެ.

މާލޭގައި ފަހަކަށް އައިސް ވެހިކަލްތައް އިތުރުވެ ޕާކުކުކުމަށް ދަތިވެފައިވާއިރު އަތޮޅުތަކަށް ވެސް ސައިކަލު އެތެރެކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ،

އެގޮތުން ކުދިކުދި ރަށްތަކުގައި ވެސް ގިނަ އަދަދަކަށް ސައިކަލު ގެންގުޅޭކަން ފާހަގަ ކުރެވެއެވެ.

އެހެންވެ ވެހިކަލް ލިމިޓުކުރުމުގެ ވާހަކަތަކެއް އެކި ސަރުކާރުތަކުގައި ވަނީ ދެކެވިފަ އެވެ.

ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން ކުރިން ވިދާޅުވެފައި ވަނީ މީހުން ދިރިއުޅޭ ރަށްރަށަށް ރަޖިސްޓްރީ ކުރެވޭ ވެހިކަލުގެ އަދަދު ލިމިޓު ކުރުމަށް ޤާނޫނަށް ގިނަ އިސްލާހުތަކެއް ގެނައުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަވާ ކަމަށެވެ.

ނަމަވެސް އެ އިސްލާހުތައް އަދި މަޖިލީހަށް ހުށަހަޅާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން