ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ވިޔަފާރިތަކުގެ މައުލޫމާތު ހާމަކުރަން އެ ކުންފުނިން ނިންމައިފި އެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ވަނީ ވިޔަފާރި އުސޫލުން ދެމުން އަންނަ ހިދުމަތްތަކާއި ދޫކޮށްފައިވާ ތަންތަން އަދި ތަރައްގީ ކުރަމުން އަންނަ ތަންތަނަށް ފައިސާ ދައްކަން ޖެހި، ނުދައްކާ ހުރި ފަރާތްތަކުން އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ފައިސާ ދައްކާ ހަލާސްކުރަން އަންގާފައެވެ. އެ މުއްދަތުގެ ތެރޭގައި ފައިސާ ދެއްކުމަށް އުޒުރުވެރިވާ ފަރާތްތަކަށް އިތުރު ނޯޓިހެއް ދޭނެ ކަމަށް އިއުލާނުގައި ބުނެފައިވެެއެވެ. އެ ނޯޓިހާ އެކު އެ ފަރާތްތަކުގެ މައުލޫމާތާއި ދައްކަން ޖެހޭ ފައިސާގެ ތަފްސީލުތައް ވެބްސައިޓްގައި ޝާއިއުކުރާނެ ކަމަށް ވެސް އިއުލާނުގައި ވަނީ ބުނެފައެވެ.

މިއީ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އަޅާ ފިޔަވަޅެއް ކަމަށް އެޗްޑީސީން ނެރުނު އިއުލާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން