ފަޅުރަށް ހޯދުމަށް ކައުންސިލުތަކުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ލޯކަލް ގަވަމެންޓް މިނިސްޓްރީން ފަށައިފި ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ ކައުންސިލުތަކަށް ފަޅުރަށެއް ލިބޭ ގޮތް ވުމަކީ ކައުންސިލުތައް މާލީ ގޮތުން ބާރުވެރިވާ ކަމެއް ކަމަށެވެ. އަދި މިއީ އެ ރަށެއްގެ ރައްޔިތުންގެ އުފާފާގަތި ކަމަށް ވެސް ލިބިގެންދާ ވަރަށް ބޮޑު ބާރެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ކައުންސިލް ތަކުން ފޮނުވާފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީން ބުނީ މި ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރަނީ އެކަމަށް ސަރުކާރުން އައްޔަންކޮށްފައިވާ ހާއްސަ ކޮމިޓީއަކުން ކަމަށެވެ.

މިނިސްޓްރީން މިއަދު އިވެލުއޭޓް ކުރަން ފެށި ހަތަރު ޕްރޮޕޯސަލް އިވެލުއޭޓްކޮށް ނިމި، މިހާތަނަށް ފަޅުރަށް ހޯދުމަށް އެދިފައިވާ ހަތަރު ކައުންސިލަށް އަންނަ މަހުގެ ކުރީ ކޮޅު އެ ރަށްތައް ލިބޭ ވަރުވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން