އިސްރާއިލްގެ ޕާސްޕޯޓް މަނާކުުރުމުގެ މައްސަލައިގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަަށް ސަރުކާރުން ހަޖޫ ޖަހަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެެ.

އިސްރާއިލް ޕާސްޕޯޓު މަނާކުރަން އެމްޑީޕީން މިއަދު ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލުމުން އެކަމާ ގުޅޭގޮތުން މިއަދު މަޖިލީހުގެ އިދާރާ ބޭރުގައި އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ އެމައްސަލައިގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ސަރުކާރުން ހަޖޫޖަހަމުންދާ ކަމަށެވެ.

އެ ބިލު ލަސްކުރުމަށާއި އަވަސް ކުރުމަށް ސަރުކާރުން ނާންގާނެ ކަމަށް ވިދާޅުވެ ބަންޑާރަނައިބު އަހުމަދު އުޝާމް މިދިޔަ ހޮނިހިރު ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅާއި ގުޅިގެން ޒާކިރު ވިދާޅުވީ އެކަމަކީ މަޖިލީހުގެ ހުރިހާ މެންބަރުންގެ ބޮލުގައި އިޒްރޭލް ޕާސްޕޯޓު ބިލު ލަސްކުރާ ކަމުގެ ތުހުމަތު އެޅުވުމަށް ކުރި ކަމެއް ކަމަށެވެ. އެމައްސަލަ އަވަސް ކުރަން ޕީއެންސީ އިން ގޮވާލާފައިވާތީ އެކަމަށް ވެސް މައުރޫފް ވަނީ ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ސަރުކާރުން ބޭނުންވާ ކަންކަން އެއްދުވަހުން މަޖިލީހުން ނިންމާއިރު އެކަމުގައި ބަޔާން ނެރެންޖެހޭ ސަބަބެއް ނޯންނާނެ ކަމަށެވެ.

"ދިވެހި ރައްޔިތުންނަށް ހަޖޫ ޖަހައި އޮޅުވާލައި ބޮޑު ސިޔާސީ ކަމަކަށް މި ކަން ހަދައި ސަރުކާރުން ގެންދާ ގެންދިއުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް." މައުރޫފް ވިދާޅުވިއެވެ.

އިސްރާއިލް ޕާސްޕޯޓު މަނާކުރަން އެމްޑީޕީން ހުށަހެޅި ބިލް ލަސްވާތީ މިއަދު ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލުމުން އެމްޑީޕީ އަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުންނާއި އެޕާޓީގެ ސަޕޯޓަރުން ވަނީ މަޖިލިސް ދޮށާއި މާލޭގެ އެކި ސަރަހައްދުތަކަަށް އެއްވެ މުޒާހަރާކޮށްފައެވެ.

އިޒްރޭލު ޕާސްޕޯޓް މަނާކުރާ ވާހަކަ ފުރަތަމަ ދެކެވުނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައެވެ. އޭރު ރައްޔިތުންގެ ސުޕަރ މެޖޯރިޓީ އޮތީވެސް އެމްޑީޕީއަތުގައެވެ. ނަމަވެސް އޭރު އެމްޑީޕީގެ ސަރުކާރުން އެކަމުގައި އެއްވެސް މަސައްކަތެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން