ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރާ ގޮތަށް ރާއްޖޭގެ ގާނޫނު އަސާސީ އިސްލާހު ގެނައުމުގެ ބިލެއް ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީއަށް ކާށިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ޖާބިރު ހުށައެޅުއްވި އިސްލާހުގައި ބުނެފައިވަނީ ރާއްޖޭގައި އޮންނަން ޖެހޭނީ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުންގެ ވޯޓުން ކަނޑައެޅި ނަމަވެސް ގާނޫނު އަސާސީގައި ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމަކީ ރިޔާސީ ނިޒާމެއް ކަމަށް ސާފުކޮށް ބަޔާންކޮށްފައި ނުވާ ކަމަށެވެ. އޭގެ އިތުރަށް ގާނޫނު އަސާސީ ބައްޓަން ކޮށްފައި ވަނީ ބަރުލަމާނީ ގިނަ ސިފަތައް ވެސް ހިމެނޭ ގޮތަށް ކަމަށް ޖާބިރު ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމެއްގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އިންތިހާބު ވެގެންދާނެތީއާއި ރައްޔިތުން އިންތިހާބު ކުރާ މަޖިލީހެއް ވެސް އޮންނާނެތީ އެ އިސްލާހު ގާނޫނު އަސާސީއާ ތައާރަޒު ނުވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ގާނޫނު އަސާސީގައި ބުނާ ގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ. މިހާރު އަމަލު ކުރަމުން ގެންދާ ރިޔާސީ ނިޒާމު ކަނޑައެޅީވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެންނެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ވަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ ވާހަކައަކީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވެސް ކޮންމެވެސް ވަރަކަށް ދެކެވެމުންދާ ވާހަކައެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާކަން ގެންދަވަނީ ހާމަކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން