ރާއްޖޭގެ ދަރަނީގެ މައްސަލަތަކާ ބެހޭ ގޮތުން ލަފާ އާއި އިރުޝާދު ހޯދުމަށް އެމެރިކާގެ ސެންޓަވިއުއާ އެކު ހެދި އެއްބަސްވުން އުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެޅުއްވި ބުއްދިވެރި ފިޔަވަޅެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ދަރަންޏާއި ގުޅޭގޮތުން ލަފާ ދިނުމަށް ބޮޑު ހަރަދުގައި ކަނޑައެޅި ދަރަންޏާއި ބެހޭ އެޑްވައިޒަރުގެ އެއްބަސްވުން އުވާލުމަކީ ރައީސް މުއިއްޒު އެޅުއްވި ބުއްދިވެރި ފިޔަވަޅެއް ކަމަށެވެ.

"މިފަދަ އެޑްވައިޒަރުން އަޅުގަނޑުމެންގެ ގައުމުތަކުން ނަގަމުން ދަނީ އިންތިހާ އަށް ނާޖާއިޒު ފައިދާ،" ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ދަރަނީގެ މައްސަލަތަކާ ބެހޭ ގޮތުން ލަފާ އާއި އިރުޝާދު ހޯދުމަށް އެމެރިކާގެ ސެންޓަވިއުއާ އެކު ހެދި ކަމަށް ބުނާ އެއްބަސްވުމުގެ ތަފްސީލެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ބައިނަލް އަގުއާމީ ނިއުސް އެޖެންސީ ރޮއިޓާސް އިން ވަނީ އެ ހަބަރު މި ހިނގާ އޮކްޓޯބަރު 12، ގައި ގެނެސްދީފަ އެވެ. ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާގޮތުގައި ސެންޓާވިއު އައްޔަން ކުރީ ސަރުކާރަށް މާލީ ލަފާ ހޯދުމަށެވެ. ނަމަވެސް އައްޔަން ކުރިތާ އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ފާމްއާއެކު ހަދާފައި އޮތް އެއްބަސްވުން އުވާލި ސަބަބެއް ސާފެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން