ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ރަސްމީ ދަތުރުފުޅެއްގައި ޗައިނާ އަށް މިރޭ ފުރާވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ ނާޒިމް ޗައިނާ އަށް ކުރައްވާ މި ދަތުރުފުޅަކީ ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

މި ފޯރަމް ކުރިއަށްދާނީ މި މަހުގެ 24 އިން 25 ގެ ނިޔަލަށް ޗައިނާގެ ޝަންޑޮންގް ޕްރޮވިންސްގައި ކަމަށް މަޖިލީހުގެ އިދާރާ އިން ބުންޏެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން