މާލޭގެ އިމާރާތަކުން ފުރާޅެއްގެ މައްޗަށް މީހަކު ވެއްޓިގެން ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ، މާފަންނު ޖޭޒް ކެފޭ ފުރާޅު މައްޗަށް އިމާރާތަކުން މީހަކު ވެއްޓިފައިވާކަމުގެ ރިޕޯޓް މިރޭ 11:14 ހާއިރު ލިބިފައިވާ ކަމަށެވެ.

އަދި އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެ މީހާ ނަގައިގެން އޭޑީކޭއަށް ގެންގޮސްފައިވާ ކަމަށާއި އެއީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ސީން ގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން ކަމަށާއި މައްސަލަ ތަހުގީގުކުރަމުން ދާކަމަށެވެ. އެ މީހާއަށް ލިބުނީ ކިހާވަރެެއްގެ ގެއްލުމެއްކަމެއް ފުލުހުން އަދި ހާމައެެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން