ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ ދިވެހި ރައްޔިތުންނަށް ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރާ ގޮތަށް ރާއްޖޭގެ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ހުށައަޅުއްވާފައެވެ. އެކަމާ ގުޅިގެން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރެވޭނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ ވާހަކައަކީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވެސް ކޮންމެވެސް ވަރަކަށް ދެކެވެމުންދާ ވާހަކައެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާކަން ވަނީ ހާމަކުރައްވާފައެވެ.
ރައީސް ސޯލިހް މީގެ ކުރިން ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް ތާއިދު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާއި ބެހޭ ގޮތުން ނެގި ވޯޓުގައި ދިވެހި ރައްޔިތުން ނިއްމާފައިވަނީ ރިޔާސީ ނިޒާމެއް އޮތުމަށް ކަމަށެވެ. އަދި އެ ނިއްމުން ބަދަލުކުރާނީ ދެންވެސް ދިވެހި ރައްޔިތުން ކަމަށާއި، އެ ނޫންގޮތަކަށް އެކަން ކުރެއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީއަށް ކާށިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ޖާބިރު ހުށައެޅުއްވި އިސްލާހުގައި ބުނެފައިވަނީ ރާއްޖޭގައި އޮންނަން ޖެހޭނީ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުންގެ ވޯޓުން ކަނޑައެޅި ނަމަވެސް ގާނޫނު އަސާސީގައި ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމަކީ ރިޔާސީ ނިޒާމެއް ކަމަށް ސާފުކޮށް ބަޔާންކޮށްފައި ނުވާ ކަމަށެވެ. އޭގެ އިތުރަށް ގާނޫނު އަސާސީ ބައްޓަން ކޮށްފައި ވަނީ ބަރުލަމާނީ ގިނަ ސިފަތައް ވެސް ހިމެނޭ ގޮތަށް ކަމަށް ޖާބިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު