ރައީސް މުޢިއްޒާއި މާލީ ވަޒީރު މޫސާ ޒަމީރު ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައިގަންނަވަނީ
ރައީސް މުޢިއްޒާއި މާލީ ވަޒީރު މޫސާ ޒަމީރު ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައިގަންނަވަނީ
ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ސަރުކާރުން ހުށަހަޅުއްވާ ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުން މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން އާއްމުކޮށްފައިވާ އެޖެންޑާގައި ބުނާގޮތުން މާދަމާ ހެނދުނު 11:00 ޖަހާއިރު އޮންނަ މަޖިލީހުގެ ޖަލްސާގައި އޮންނަނީ ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމާއި އެ ބަޖެޓާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމެވެ.

ފިނޭންސް މިނިސްޓްރީ އިން ބުނީ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅާނީ 5.1 ބިލިޔަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއްކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.5 ބިލިޔަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދަޅުވީ ސަޕްލިމެންޓަރީ ބަޖަޓެއް ހުށަހަޅަނީ ދައުލަތުގެ ކޭޝްފްލޯއަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދައި، ޚަރަދުތައް ފޫބެއްދުމަށްކަމަށެވެ.

މި އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ސަރުކާރުން 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ނިއްމާފައިވާއިރު މިދިޔަ އަހަރު ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ވެސް އޭރުގެ ސަރުކާރުން މަޖިލީހަަށް ހުށަައެޅިކަން ފާހަަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން