ދައުލަތުގެ މިއަހަރުގެ ބަޖެޓު ހުސްކޮށްލި ކަމަށް ދެކެވޭ ވާހަކަ ފިނޭންސް މިނިސްޓްރީން ދޮގުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ސެޕްޓެންބަރު މަހުގެ ނިޔަލަށް ދައުލަތުގެ ޚަރަދުތަކަށް ހޭދަކޮށްފައިވަނީ ޖުމްލަ 37.4 ބިލިއަން ރުފިޔާކަމަށެވެ. މި އަހަރު ބަޖެޓުގައި ޚަރަދުކުރުމަށް ފާސްކޮށްފައިވަނީ 47.6 ބިލިއަން ރުފިޔާއެވެ. 

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ދައުލަތަށް 26.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެެ. އާމަދަނީގެ ގޮތުގައި މުޅި އަހަރު ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވަނީ 33.5 ބިލިއަން ރުފިޔާއެވެ. 

މިއަހަރަށް ފާސްކުރި ބަޖެޓަކީ 49.8 ބިލިއަން ރުފިޔާ އެވެ. މި އަހަރުގެ މިހާތަނަށް ބަޖެޓު އަރާފައިވަނީ 39.2 ބިލިއަން ރުފިޔާއަށެވެ.

ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓެއްް މިއަދު މަޖިލީހަށް ހުށައަޅާގޮތަށް ވަނީ ހަމަޖެހިފައެވެ. ފިނޭންސް މިނިސްޓްރީން ބުނީ މިއަދު އޮންނަ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅާނީ 5.1 ބިލިޔަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއްކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.5 ބިލިޔަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށައަޅަން ނިންމުުމުން އިދިކޮޅު އެމްޑީޕީން ވަނީ އެކަމަށް ފާޑުކިޔާފައެވެ. އެމްޑީޕީން ބުނަނީ ސަަރުކާރުން ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅަނީ ދައުލަތުގެ ބަޖެޓު ހުސްވުމުގެ ސަބަބުން ކަމަށެެވެ. އެމްޑީޕީ ސަރުކާރު ނިމިގެން ދިޔައިރު ކޮންމެ އަހަރަކުހެން އަހަރު ނިންމާލާފައި ވަނީ ސަޕްލިމެންޓްރީ ބަޖެޓާއިއެކުގައެވެ. އެ ބަޖެޓު ހުށައަޅާފައި ހުރީވެސް ޟަރަދު ކުރުމަށްފަހު ކުރިއަށް އޮންނަ އަހަރުގެ ބަޖެޓާއެކުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން