ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އެފްރިކާގެ ގައުމެއްގެ މީހަކަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ އަންގާރަ ދުވަހު އެ ހުކުމް އިއްވީ އެފްރިކާގެ ގައުމެއް ކަމަށްވާ ގާނާއަށް ނިސްބަތްވާ، އައްޕިއަހް ޖޭމްސްގެ މައްޗަށެެވެ.

ކޯޓުގެ ހުކުމްގެ ހުލާސާގައި ބުނެފައިވާ ގޮތުގައި އޭނާ ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރީ މިދިޔަ ޖޫން މަހު އެވެ.

އެގޮތުން، ޖޭމްސްއާ މެދު ޝައްކުކުރެވިގެން އައިޖީއެމްއެޗަށް ގެންގޮސް ހެދި ސްކޭން ރިޕޯރޓުން އޭނާގެ ހަށިގަނޑުގައި ފޮރިން ބޮޑީސް ހުރިކަމަށް ދެއްކި ކަމަށެވެ. އެހެންވެ އެ ތަކެއްޗަކީ މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭތ،ީ ޖޭމްސް ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އޭނާ ބޮޑުކަމު ދިޔައިރު ކޮކެއިން ހުރި 108 ބްލެޓް ފެނުނު ކަމަށާއި އޭގެ ބަރުދަނުގައި 1.46 ކިލޯ ހުރި ކަމަށް ބުނެފައި ވެއެވެ.

އަަދި އެ މައްސަލައިގައި އޭނާގެ ކުށަށް އިއުތިރާފްވެ އެއްބަސްވުމެއް ހަދާފައިވާ ކަަމަށް ވެސް ބުނެފައި ވެއެވެ.

އެހެންވެ އެކަންކަމަށް ރިއާޔަތްކޮށް އޭނާގެ މައްޗަށް ކްރިމިނަަލް ކޯޓުން އިއްވީ 12 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކެމެވެ. އަދި 100،000ރ. އިން ޖޫރިމަނާ ކޮށް އެއް އަހަރު ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ވެސް ވަނީ އަމަރުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން