ދެ ޑިންގީއެއް އެކްސިޑެންޓުވެ މިރޭ ހިނގި ކަނޑުމަތީގެ ހާދިސާގައި މީހަކު ގެއްލިގެން ހޯދަމުންދާކަމަށް ބުނުމަށްފަހު، އެ ހާދިސާގައި މީހަކު ގެއްލިފައި ނުވާކަން އެނގިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މިރޭ ވަނީ ހުޅުމާލެ ވެމްކޯ ޖެޓީއާއި ދިމާ ކަނޑުމަތިން ދެ ޑިންގީއެއްޖެހި އެކްސިޑެންޓެއް ހިނގާފައެވެ. އޭގެ ތެރެއިން ޑިންގީއެއްގައި އިން މީހަކު ކަނޑަށް ވެއްޓި ގެއްލިފައިވާކަމަށް ފުލުހުންނަށް މައުލޫމާތު ލިބުމާއި ގުޅިގެން އެ މީހާ ހޯދަމުން ގޮސްފައިވާކަމަށް މީގެ އިރުކޮޅެއްކުރިން ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް، ފަހުން ފުލުހުން ބުނެފައިވަނީ، މީހަކު ގެއްލިފައި ނުވާކަމަށާއި، ޑިންގީތަކުން ކަނޑަށް ފޭބީ އޭގައިހުރި ބައެއް ތަކެތިކަން އެނގިފައިވާ ކަމަށެވެ.

މި ހާދިސާގައި އެކްސިޑެންޓްވި ޑިންގީތަކަށް ވެފައިވާ ގެއްލުމުގެ ތަފުސީލެއް ފުލުހުން އަދި ދީފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން