ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެން ހަމައެކަނި ވައުދަކީ ރަސްމާލެ ޕްރޮޖެކްޓް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީން ފައިސަލް ވަނީ ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅުއްވާއިރު، އަތޮޅުތެރޭގައި ހިންގަން ހުރި މަޝްރޫއުތަކަށް ވީގޮތެއް އެނގެން ނެތްކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އޭނާ ވިދާޅުވީ، ރައްޔިތުން ރައީސަށް ވޯޓު ދިނީ އުންމީދެއް އޮތީމަ ކަމަށާއި ނަމަވެސް، ފެނިގެންދަނީ ރައްޔިތުންނާ ގުޅުންހުރި މަޝްރޫއުތައް ހުއްޓާލާފައިވާތަން ކަމަށެވެ.
އެގޮތުން، މަޖިލީހުގެ 19 ވަނަ ދައުރުގައި ފާސްކުރި ބަޖެޓުގައި ރަސްމާލެ ޕްރޮޖެކްޓްގެ ފައިސާ ހިމެނިފައި ނެތްކަން އެނގިފައިވާ ކަމަށާއި ނަމަވެސް، އެ ޕްރޮޖެކްޓް ކުރިއަށްގެންދަން ސަރުކާރުން މަސައްކަތް ކުރާއިރު، ދެން ބަޖެޓުގައި ހިމެނިފައި ހުރި ޕްރޮޖެކްޓްތައް ހުރީ ހުއްޓިފައިކަމަށް ވިދާޅުވެ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން، ކަނޑިތީމު ދާއިރާގައި ކުރީ ސަރުކާރުން ފަށާފައިވާ އެއް ޕްރޮޖެކްޓް ފިޔަވާ އިތުރު އެއްވެސް ޕްރޮޖެކްޓެއް ކުރިއަށް ނުދާކަމަށެވެ.
ނަމަވެސް އެ ޕްރޮޖެކްޓްތަކަށް ބަޖެޓުގައި ފައިސާ ހިމަނާފައިވާކަން ހާމަކުރައްވާ ވިދާޅުވީ، އެ ޕްރޮޖެކްޓްތަކަށް ވީގޮތެއް ރައްޔިތުންނަށް އެނގެން ޖެހޭކަމަށެވެ.
"ކޮބާހޭ ކަނޑިތީމު ދާއިރާއަށް 19 ވަނަ މަޖިލީހުން ބަޖެޓު ކުރި އެހުރި ހިސާބުތަކަށް ވީ ކީއްހޭ، މިއީ ޕީއެންސީގެ ފައިސާއެއް ނޫން، އެމްޑީޕީގެ ފައިސާއެއް ނޫން. ރައްޔިތުންގެ ފައިސާ. ޓެކްސް ފައިސާއިން ހަރަދުކުރީ ކިހިނެއްހޭ އެ އެނގެން މި ޖެހެނީ ރައްޔިތުންނަށް. އަޅުގަނޑުގެ އަމިއްލަ ފައިސާއެއްނަމަ ރައްޔިތުން ނާހާނެ ކިހިނެއްހޭ ތި ހެދީކީ." އަމީން ފައިސަލް ވިދާޅުވިއެވެ.
ރަސްމާލެ ޕްރޮޖެކްޓަކީ ރައީސްގެ އެންމެ މުހިންމު އެއް ވައުދެވެ. އެ ފައިސާ ބަޖެޓުގައި ހިމަނައިގެން މަޖިލީހަށް ހުށަހެޅި ނަމަވެސް، އެމްޑީޕީ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން މި އަހަރަށް ފާސްކުރި ބަޖެޓުން އެ މަޝްރޫއުގެ ފައިސާ ވަނީ އުނިކޮށްލާފައެވެ. ނަމަވެސް، ރައީސް ވަނީ އެ ޕްރޮޖެކްޓް ބަޖެޓުގައި ނެތްނަމަވެސް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު