ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ ސިއްހީ ކުއްލި ހާލަތްތަކުގައި ބަލިމީހުން މާލެ ގެނައުމަށް ވިލިމާލޭގައި ބޭއްވި ސީއެމްބިއުލާންސުން މިހާތަނަށް 133 ދަތުރު ކޮށްފިއެވެ.

މާލެ ސަރަހައްދުގެ ސިއްހީ ކަންކަމުގައި ކުރެވެމުންދާ މަސައްކަތްތައް ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، އެމެޖެންސީ ހާލަތްތަކުގައި ވިލިމާލެއިން ބަލިމީހުން މާލެ ގެނައުން އޮތީ ވަރަށް ބޮޑު ތަކުލީފަކަށް ވެފައިކަމަށެވެ.

ނަމަވެސް، އެކަމަށް ހައްލެއް ހޯދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން މާލެއާއި ވިލިމާލެއާއި ދެމެދު ދަތުރު ކުރުމަށް ސީއެމްބިއުލާންސެއް އޮޕަރޭޓް ކުރެވެމުން ދާކަމަށާއި އެ އެމްބިއުލާންސްގެ ސަބަބުން ބަލިމީހުން މާލެ ގެނެސް ގެންދިޔުމުގައި ފަސޭހަތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން، މިހާތަނަށް އެމެޖެންސީގައި 133 ދަތުރު ކޮށްފައިވާކަމަށް ސީއީއޯ ވިދާޅުވިއެވެ.

ވިލިމާލެ ހޮސްޕިޓަލާއި ހަވާލުކޮށްގެން އޮޕަރޭޓްކުރާ މި އެމްބިއުލާންސަކީ މާލެއާއި ވިލިމާލެއާއި ދެމެދު އަޅާ ބުރިޖު އެޅުމުގެ ކުރިން ވެސް ބަލިމީހުން އުފުލުމަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ސޮއި ކޮށްގެން ކުރިއަށް ގެންދަން ފެށި މަސައްކަތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން