މި ސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން ރައްޔިތުންނަށް ދޭންޖެހޭ އެންމެ އަސާސީ ކަންކަން ވެސް ހުއްޓާލާފައިވާކަމަށާއި އެ ހައްގުތައް ހޯދުމަށް މަގުމައްޗަށް ނުކުންނަން ވެސް ތައްޔާރު ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް ދީދީ، (ޑރ. ޑީޑީ) ވިދާޅުވެއްޖެއެވެ.

މިރޭ އެމްޑީޕީން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑީޑީ ވިދާޅުވީ، މިއަދު ދުނިޔޭގެ އެއްވެސް ހިސާބެއްގައި މާލީ ތަދުމަޑުކަމެއް އައިސްފައެއް ނެތް ކަމަށާއި, ރާއްޖެ އަންނަ ފަތުރުވެރިން ރެކޯޑު އަދަދަކަށް އަންނަމުންދާކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

ނަމަވެސް، މިއަދުގެ ސަރުކާރަށް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެންމެ އަސާސީ ޚިދުމަތް ވެސް ފޯރު ނުކޮށްދެވޭ ކަމަށާއި، އެގޮތުން އާސަންދައިގެ ޚިދުމަތް ވެސް އެންމެ އެކަށީގެންވާ ގޮތުގައި ނުދެވޭކަމަށް ޑީޑީ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން ރައްޔިތުންނާ ގުޅުންހުރި ހުރިހާ ޕްރޮޖެކްޓެއް ވަނީ ހުއްޓާލާފައި ކަމަށެވެ.

އެހެންކަމުން އެކަމުގެ ހައްލު ހޯދުމަށް އެމްޑީޕީއާއެކު ރައްޔިތުން ތިބޭނެ ކަމަށާއި މަގުމައްޗަށް ނުކުންނަން ޖެހިއްޖެނަމަ އެކަމަށްވެސް ތިބޭނީ ތައްޔާރަށް ޑީޑީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން