މަގޭ ސޯލާ ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--
މަގޭ ސޯލާ ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--
ސޯލާ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މިދިޔަ ނޮވެމްބަރު މަހު އިފްތިތާހުކުރި ”މަގޭ ސޯލާ” ޕްރޮގްރާމްގައި ގޭބިސީތަކުން ބައިވެރިވުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހު ހުޅުވާލަން ނިންމައިފި އެެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ސޯލާ ޕީވީ ސިސްޓަމް ފޯރުކޮށްދޭނީ ހަމައެކަނި ގޭބިސީތަކަށް ކަމަށެވެ.

އަދި އެ ޕީވީ ސިސްޓަމްތައް ފޯރުކޮށްދޭ ގޭބިސީތައް ކަނޑައަޅާނީ އާންމުކޮށް ހުޅުވާލުމުން އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތަރުތީބުން ކަމަށެވެ.''

އެ ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހަޅަން ޖެހޭނީ ފެނަކަ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް ކަމަށް ވެސް ބުނެފައި ވެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ ޕްރޮގްރާމްގެ ދަށުން ދޫކުރަނީ ތިނަކާއި ފަސް ވޮޓުގެ ސިންގަލް ފޭސް އަދި ތްރީ ފޭސް ސިސްޓަމްތައް ކަމަށެވެ.

އެ ޕްރޮގްރާމުގެ ދަށުން ދޫކުރާ ތިން ކިލޯ ވޯޓުގެ ސިސްޓަމެއްގެ އަގަކީ 45،000 ރުފިޔާ އެވެ. އަދި ފަސް ކިލޯވޮޓުގެ ސިސްޓަމެއްގެ އަގަކީ 75،000 ރުފިޔާ އެވެ.

އެ ޕްރޮގްރާމުގެ ދަށުން ހަރުކުރާ ސޯލާ ޕީވީ ސިސްޓަމްތައް މަރާމާތުކޮށް ބަލަހައްޓަންޖެހޭނީ ގޭބިސީތަކުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން