މާލެއަތޮޅު ގުޅިފަޅު ކައިރިން ދެ ލޯންޗެއް ޖެހި މިރޭ ހިނގި އެކްސިޑެންޓުގައި 12 މީހަކަށް އަނިޔާވި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގައިގެން އެ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިރޭ އިރާކޮޅު 19:34 ހާއިރު ކަމަށެވެ.

މިއެކްސިޑެންޓް ހިނގާފައިވަނީ ގްރޭންޑް ޕާކް ކޮއްދިއްޕަރު ޕީކޭޑީ-10 ކިޔާ ލޯންޗަކާއި ފެރިދޫ ޓުއާޒްގެ ސެނޯރާ ކިޔާ ލޯންޗެއް ޖެހިގެންނެެވެ.

ފުލުހުން ބުނީ މި ހާދިސާގައި 12 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އެ މީހުންނަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަކަމަށް ވެސް ފުލުހުން ބުނެއެވެ. ފުލުހުން ބުނިގޮތުގައި މިހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އެންމެންނަށް ވެސް ލިބިފައިވަނީ ކުދިކުދި އަނިޔާތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން