ދަރަނިވެރިވެފައިވާ ގައުމުތަކަށް އެހީތެރިކަން ދިނުމުގައި މާލީ އިދާރާތަކުން އިތުރަށް ވިސްނަންޖެހޭ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ގަވަރުނަރު މުނައްވަރު މިހެން ވިދާޅުވީ އެމެރިކާގެ ވޮޝިންޓަންގައި ކުރިއަށްދާ ވޯލްޑްބޭންކާއި އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގައި، ވޯލްޑް ބޭންކާއި އައިއެމްއެފްގެ ރިޔާސަތުގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން މުނައްވަރު ވިދާޅުވީ އައިއެމްއެފް އާއި ވޯލްޑް ބޭންކާ ގައުމުތަކުން ގުޅިފައިވަނީ ހަމައެކަނި އެ އިދާރާތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ނޫންކަމަށާއި، ގައުމުތަކުގެ އިގްތިސާދީ މުސްތަގުބަލު އެމުއައްސަސާތަކުގެ ކާމިޔާބީއާ ގުޅިފައިވާކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
ހަމައެއާއެކު ތަރައްގީ ވަމުން އަންނަ ޤައުމުތަކުގެ ތެރެއިން ތިން ބައިކުޅަ ދެ ބަޔަކީ ބޮޑު ދަރަނިތަކެއް ތަހައްމަލްކުރަމުންދާ ގައުމުތަކެއްކަން މުނައްވަރު ފާހަގަކުރެއްވިއެވެ.
އެހެންކަމުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހާލަތަށް މިހާރަށްވުރެ ބޮޑަށް ވިސްނައި، ބޮޑަށް ދަރަނިވެރިވެފައިވާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވޯލްޑް ބޭންކާއި އައިއެމްއެފުން އަދި މަލްޓިލޭޓަރަލް ބޭންކްތަކުން ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ގަވަރުނަރު ގޮވާލެއްވިއެވެ.
“އައިއެމްއެފް އާއި ވާލްޑް ބޭންކާއި މަލްޓިލެޓަރަލް ޑިވެލޮޕްމަންޓް ބޭންކުތަކުން ދަރަނީގެ ދަތިތައް ދިމާވެފައިވާ ގައުމުތަކަށް އެހީތެރިވުމަށް މާނަވީ ފިޔަވަޅުތަކެއް އަޅަން ޖެހޭ.” މުނައްވަރު ވިދާޅުވިއެވެ.
އޭގެއިތުރުން ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ މާލީ އިދާރާތަކުން ތަރައްގީވަމުން އަންނަ އިގްތިސާދުތަކުގައި ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް، ހަމަހަމަ ފުރުސަތުތަކެއް ދޭންޖެހޭ ކަމަށް މުނައްވަރު ވިދާޅުވެފައިވެއެވެ.
މުނައްވަރުގެ ވާހަކަފުޅުގައި އިގްތިސާދީ ގޮތުން ގޮންޖެހުން ބޮޑު ކަންތައްތަކެއް މިވަގުތު ހުރިކަން ފާހަގަ ކުރެއްވިއެވެ. ޚާއްސަކޮށް މޫސުމީ ބަދަލުތަކާއި ދަރަނި މެނޭޖްކުރުމާއި ނިޒާމީ ބަދަލުތަކަކީ ބޮޑެތި ގޮންޖެހުންތައް ކަމަށް ވިދާޅުވިއެވެ.
މޫސުމީ ބަދަލުތަކުގެ މައްސަލައަށް އިޝާރާތްކުރަށްވަމުން ރާއްޖޭގައި ބޭނުން ކުރާ ކަރަންޓުގެ 33 އިންސައްތަ އުފައްދައިދޭނެ އިއާދަކުރަނިވި ހަކަތައިގެ ނިޒާމެއް ގާއިމު ކުރުމަށް މި ސަރުކާރުން ފަށާފައިވާ ބޮޑު ޕްރޮޖެކްޓަށް 1.3 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް މުނައްވަރު ވިދާޅުވިއެވެ. ނަމަވެސް އެ މަޝްރޫޢަށް މިހާތަނަށް ހިލޭއެހީގެ ގޮތުގައި ލިބިފައިވަނީ އެންމެ 13 އިންސައްތަކަން މުނައްވަރު ފާހަގަކުރެއްވިއެވެ.
އިއާދަކުރުވަނިވި ހަކަތަ ބޭނުންކުރުމުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުމަށް ހޭނުމުގެ އިތުރުން މާލީ ގޮތުން ވެސް ފައިދާތަކެއް ވެގެންދާ ކަމަށާއި އެގޮތުން ތެލަށް ކުރަންޖެހޭ ޚަރަދު ކުޑަވުމަކީ ރާއްޖެ ފަދަ ގައުމަކުން ބޭރުފައިސާ ޚަރަދުކުރަންޖެހޭ މިންވަރު މަދުވެގެންދާ ކަމެއްކަން ފާހަގަކުރެއްވިއެވެ.
ވޯލްޑްބޭންކާއި އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ރިޔާސަތު މިއަހަރު ބަލަހައްޓަނީ "ޗެއާ އޮފް ދަ ބޯޑް އޮފް ގަވާނާސް އޮފްދަ ވޯލްޑް ބޭންކް އެންޑް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ހައިސިއްޔަތުން" ދިވެހިރާއްޖެއިންނެވެ. އަދި މިއީ ވޯލްޑް ބޭންކާއި އައިއެމްއެފްގެ 80 އަހަރުގެ ތާރީހުގައި އެ ދެ އިދާރާގެ ޗެއަރގެ ހައިސިއްޔަތުން ރާއްޖޭގެ ފަރާތުން ބޭފުޅަކު ތަގުރީރުކުރެއްވި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު