ދިވެހިރާއްޖެ އަށް ވަޑައިގަތުމަށް އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައަށް ރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޒު ހުސެއިން މުހައްމަދު ލަތީފް ދައުވަތު ދެއްވައިފި އެވެ.

ރަސްގެފާނު ޗާލްސް އަށް ނައިބު ރައީސް މި ދައުވަތު ދެއްވާފައިވަނީ ކޮމަންވެލްތު ހެޑްސް އޮފް ގަވާމަންޓް މީޓިން (ޗޮގަމް 2024) ގައި ބައިވެރިވެވަޑައިގަތުމަށް ސަމޯއާ އަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ ރާއްޖެ ވަޑައިގަތުމަށް ރަސްގެފާނު ޗާލްސް އަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ދައުވަތު އަރުވާފައިވާ ކަމަށެވެ.

ދުނިޔޭގެ ވަރުގަދަ އެއް ބާރުގެ ގޮތުގައި ހިމެނޭ އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސްއަށް މި ދައުވަތު ދެއްވާފައިވާއިރު، ޗާލްސްގެ މަންމާފުޅު އަދި އިނގިރޭސި ކުރީގެ ރާނީ އެލިޒަބަތު ދޭއް ވަނީ 1972 ވަނަ އަހަރު ރާއްޖެ އަށް ދަތުރުފުޅެއް ކުރައްވާފަ އެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރު އޮންނަ ޗޮގަމްގެ މި އަހަރުގެ ސަމިޓް ކުރިއަށް ދަނީ ސަމޯއާގެ ވެރިރަށް އަޕިއާގަ އެވެ. މި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން