އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓު ހުށައެޅުން އަންނަ ބުރާސްފަތި ދުވަހު އޮންނާނެ ކަމަށް މަޖިލީހުގެ ނައިބުރައީސް އަޙްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގުތިޞާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު މަޖިލީހަށް ބަޖެޓް ހުށަހެޅުމުގެ ކުރިން ޓެކްސް ބޮޑުކޮށްގެން ދަޢުލަތަށް އާމްދަނީ ލިބޭ މިންވަރު ކަނޑައަޅަންޖެހޭ ކަމަށެވެ.
ސަބަބަކީ އެ ޢަދަދުތައް ބަޖެޓްގައި ހިމަނަންޖެހޭތީ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން މަޖިލީހަށް ބަޖެޓް ހުށަހެޅުމުގެ ކުރިން ޓެކްސް ބިލްތައް ނިންމަންޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް މިހެން ވިދާޅުވެފައިވާއިރު ޓެކްސް ބިލްތައް ދިރާސާ ކުރަން އެކުލަވާލި ސަބްކޮމިޓީން މިއަދު ފާސްކޮށްފައިވަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޓެކުހާ ގުޅުންހުރި ހަތަރު ބިލުގެ މަސައްކަތް މާދަމާގެ ނިޔަލަށް ނިންމުމަށެވެ.
އަދި އެ ބިލުތަކަށް ޚިޔާލު ހުށައެޅުމަށް މާދަމާ މެންދުރު 2 ގެ ނިޔަލަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ.
ސަރުކާރުން ވަނީ މި އަހަރަށް ފާސްކޮށްފައިވާ 49.8 ބިލިއަން ރުފިޔާގެ ބަޖެޓުން ޚަރަދުތައް ފޫބެއްދޭނެކަމަށް ނުފެންނާތީ، ބަޖެޓު ސަޕްލިމެންޓުގެ ގޮތުގައި 5,119,508,129 ރުފިޔާގެ ބަޖެޓެއް ފާސް ކުރުމަށްވެސް މަޖިލީހަށް މިހާރު ހުށައަޅާފައެވެ.
އެހެންވެ، ސަޕްލިމެންޓަރީ ބަޖެޓާއެކު މި އަހަރުގެ ޖުމްލަ ބަޖެޓު 55 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު