ރާއްޖޭގައި އޮންނަން ފެންނަ ނިޒާމެއް ކަނޑައެޅުމަށްޓަކައި 2007 ވަނަ އަހަރު ބޭއްވި ނިޒާމުގެ ވޯޓު އޮޅުވާލިކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް އެވޯޓުގައި އެއްވެސް އޮޅުވާލުމެއް ނެތްކަމަށް އެވޯޓާ ގުޅިގެން އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައި ގަންނަވާ މެމްބަރު، ބާ ކައުންސިލްގެ މެމްބަރު އަދި ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފެންނަން އޮންނަ ނިޒާމާއި ގުޅޭގޮތުން ރައީސް މައުމޫން ވިދާޅުވި ބަސްފުޅާއި ގުޅިގެން ރައީސް ނަޝީދު ދެއްވި ރައްދުގައި ވިދާޅުވީ މައުމޫންގެ ހަޔާތްޕުޅުގައި ކޮންމެ ވޯޓެއްވެސް ވަނީ އޮޅުވާލައްވާ މަކަރު ހައްދަވާފައި ކަމަށެވެ. 2007 ވަަނަ އަހަރުގެ ނިޒާމު ވޯޓްވެސް ކަނޑައެޅިގެން އޮޅުވާލާފައިވާ ކަމަށް ރައީސް ނަޝީދު މިއަދު ތުހުމަތު ކުރެއްވިއެވެ.

ނަޝީދުގެ މި ތުހުމަތާއި ގުޅިގެން ރާއްޖޭގައި މިހާރު އަމަލު ކުރަމުން ގެންދާ ގާނޫނު އަސާސީ އެކުލަވާލުމަށް އެއްކުރި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރު އަދި ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް އަލްއުސްތާޒު އަހުމަދު މުއިއްޒު ވިދާޅުވީ ވޯޓު ގުނުމުގެ އެންމެހައި ކަންކަން ދިޔައީ ހާމަކަން ބޮޑުކޮށް ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ކަމަށެވެ. ވޯޓުގައި އޮޅުވާލިކަމަށް މިއަދު ރައީސް ނަޝީދު ވިދާޅުވި ނަމަވެސް އެއީ އެއްވެސް ހަގީގަތެއްނެތް ކަނޑައެޅިގެން ދޮގެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.

"2007 ގެ ވޯޓުގައި ވޯޓު ގުނުމަށް ފޮށިތައް މާލެ ނުގެނެސް ވޯޓު ނަގާ މަރުކަޒުގައި ވޯޓު ގުނީ. މިއީ އެގޮތަށް ވޯޓް ގުނުނު ފުރަތަމަ ފަހަރު. އެ ވޯޓް ނެގުމުގެ މަސައްކަތުގައި ޚާއްސަ މަޖިލީހުން އެކުލަވާލި ކޮމިޓީ އެއްގެ މެމްބަރެއްގެ ގޮތުން އަޅުގަނޑު މަސައްކަތް ކުރިން. އޮޅުވާނުލައްވާ" މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ހުށައަޅުއްވާފައެވެ. މިހުށައެޅުމާއި ގުޅިގެން ނިޒާމީ ވޯޓު ނެގިއިރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫން ރޭގައި ވިދާޅުވީ ރާއްޖެއަށް އެންމެ ކަމުދާ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެވެ. އަދި އެކަން ނިންމާފައި ވަނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ސިޔާސީ، އިޖްތިމާއީ އަދި އިގްތިސާދީ ހާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަން ކަށަވަރު. 2007 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުންގެ ވަރަށް ބޮޑު އަޣުލަބިއްތަކުން ނިންމަވާފައި ވަނީ ވެސް ހަމަ އެހެން." މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

2007 ވަނަ އަހަރު ވެރިކަމުގެ ނިޒާމު ކަނޑައަޅަން ނެގުނު ވޯޓްގައި 95،619 މީހުން ވޯޓް ދީފައިވަނީ ރިޔާސީ ނިޒާމު އޮންނަން ފެންނަ ކަމަށެވެ. ބަރުލަމާނީ ނިޒާމު އޮންނަން ފެންނަ ކަމަށް ވޯޓް ދީފައިވަނީ 58،504 މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު


3

ޔާސީ ނިޒާނު މާރަގަޅުވާނެ

27-Aug-2020

ޯިިްރިޔާސީ ނިޒާނު މާރަގަޅުވާނެ


-8

ޔާސީ ނިޒާނު މާރަގަޅުވާނެ

27-Aug-2020

ޯިިްރިޔާސީ ނިޒާނު މާރަގަޅުވާނެ



ޓްރެންޑިން