ނިމިދިޔަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް މަކަރާއި އޮޅުވާލުން އޮތްކަމަށް ދޭހަވާފަދަ މޭރުމަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު މިއަދު ވާހަކަ ދެއްކެވުމާއި ގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ސުވާލު އުފައްދަވައިފިއެވެ.

ރާއްޖޭގައި އޮންނަން ފެންނަ ނިޒަމާއި ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓްވީޓާއި ގުޅިގެން ރައީސް ނަޝީދަށް ކެތްނުކުރެއްވިގެން، ރައީސް މައުމޫނަށް އަމާޒުކުރަށްވައި ރައީސް ނަޝީދު ކުރިންވެސް ކުރަށްވާ ތުހުމަތުތައް ތަކުރާރުކުރަށްވައި ވިދާޅުވީ މައުމޫންގެ ހަޔާތްޕުޅުގައި ނެގި ކޮންމެ ވޯޓެއްގައިވެސް ވަނީ އޮޅުވާލައްވައި މަކަރު ހައްދަވާފައި ކަމަށެވެ. 2007 ވަަ އަހަރުގެ ނިޒާމީ ވޯޓްވެސް ކަނޑައެޅިގެން އޮޅުވާލާފައިވާ ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރެއްވިއެވެ.

"މަނިކުފާނަށް އޮޅުވާ ނުލެއްވެނީ ހަމައެކަނި 2008 ގެ ވޯޓް. އެއިން ވީ ބަލި." ރައީސް ނަޝީދަށް ވެރިކަން ލިބިވަޑައިގެންނެވި އިންތިހާބަށް އިޝާރާތް ކުރައްވާ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މިވާހަތަކާއި ގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް ނަޝީދުގެ ވާހަކަތަކުން ވަރަށް ސާފުކޮށް، 2018 ގެ އިންތިޚާބުގައި ވޯޓު އޮޅުވާލިކަން ހާމަވާކަމަށެވެ. އަދި ރައީސް ނަޝީދުވަނީ އެ އިންތިޚާބުގައި ވޯޑު އޮޅުވާލިކަން ދޭހަވާފަދަ މޭރުމަކުން އެކި ތަންތަނުގައި ވާހަކަ ދައްކަވާފައިކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

"އެހެންވީމާ މަނިކުފާނު ވަރަށް ސާފުކޮށް ތިވިދާޅުވަނީ 2018 ވެސް ކާމިޔާބް ކުރެއްވީ އޮޅުވާލައްވައި މަކަރު ހަދައިގެންކަމަށްތާ! އަޅުގަނޑުމެން މާކުރިންވެސް ދެއްކީ ތިވާހަކަ. އިންޑިއާގައި ހުންނަވާފަވެސް މަނިކުފާނު ވަނީ މިމޭރުމުން 2018 ގެ އިންތިޚާބާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ." ޝިޔާމް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުންނާއި އަދި ސަރުކާރުގައި ހިމެނޭ ބައެއް ބޭފުޅުން ވެސް ތުހުމަތު ކުރައްވާ ގޮތުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅުގައި ކާމިޔާބު ލިބިވަޑައި ނުގަންނަވާތީ އެކަމާއި ހިތްޕުޅު ހަމަ ޖެހިވަޑައި ނުގެން ސަރުކާރަށް ޕްރެޝަރު ކުރުމުގެ ގޮތުން އެކި ގޮތްގޮތުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ވަޒީރުންނާއި ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން މަޖިލީހަށް ހާޒިރުކޮށް ސަރުކާރާއިމެދު ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް ސުވާލުކޮށް މަޖިލީހުގެ ތެރެއިން ސަރުކާރަށް ޕްރެޝަރ ކުރަން ރައީސް ނަޝީދު އިސްވެ ހުންނަވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެމްޑީޕީގެ ބައެއް މެމްބަރުންވެސް ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން