ހުރިހާ އިންތިހާބެއް އޮޅުވާލިކަމަށް ރައީސް ނަޝީދު ވިދާޅުވާއިރު، 2008ގެ އިންތިޚާބް އޮޅުވާ ނުލީ ކީއްވެގެންތޯ ވިދާޅުގެ ރައީސް މައުމޫނުގެ ސުވާލެއް ކުރީގެ ރައީސް ނަޝީދަށް ކުރިމަތި ކުރައްވައިފިއެވެ.

ރައީސް މައުމޫނަށް އަމާޒުކޮށް ރައީސް ނަޝީދު ކުރިންވެސް ކުރައްވާ ތުހުމަތުތައް ތަކުރާރުކުރައްވާ ވިދާޅުވެފައިވަނީ މައުމޫންގެ ހަޔާތްޕުޅުގައި ނެގި ކޮންމެ ވޯޓެއްވެސް ވަނީ އޮޅުވާލައްވާ މަކަރު ހައްދަވާފައި ކަމަށެވެ. 2007 ވަަ އަހަރުގެ ނިޒާމީ ވޯޓްވެސް ކަނޑައެޅިގެން އޮޅުވާލާފައިވާ ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއެވެ.

"މަނިކުފާނަށް އޮޅުވާ ނުލެއްވެނީ ހަމައެކަނި 2008 ގެ ވޯޓު. އެއިން ވީ ބަލި." ވެރިކަން ލިބިވަޑައިގެންނެވި އިންތިހާބަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަތަކުގެ ރައްދުގައި ރައީސް މައުމޫން ވަނީ ޖެއްސުމުގެ ރާގެއްގައި ރައީސް ނަޝީދާއި ސުވާލެއް ކުރިމަތި ކުރައްވާފައެވެ. މައުމޫން ވިދާޅުވީ ދިވެހި ރައްޔިތުންވެސް މޮޔައިންކަމުގައި ހައްދަވަން ރައީސް ނަޝީދު މަސައްކަތް ކުރައްވާކަމަށެވެ. 30 އަހަރުގައި ހުރިހާ އިންތިޚާބެއް އޮޅުވާލިއިރު 2008 ގެ އިންތިޚާބް އޮޅުވާނުލީ ކީއްވެގެންތޯ ވިދާޅުވެ މައުމޫން ވަނީ ނަޝީދާ ސުވާލެއް ކުރައްވާފައެވެ.

"އަޅުގަނޑު ދެރަވަނީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމުގައި ބައްލަވާތީ. 30 އަހަރުގެ ތެރޭގައި އައި ހުރިހާ އިންތިޚާބެއް އޮޅުވާލި އިރު 2008 ގެ އިންތިޚާބު އޮޅުވާނުލެވުނީ ކީއްވެތޯ؟ ބުއްދި ޤަބޫލުކުރާ ޖަވާބެއް ދެއްވަ ބައްލަވަ!" ރައީސް ނަޝީދު ކުރައްވާ ތުހުމަތު ތަކުގެ ރައްދުގައި މައުމޫން ވިދާޅުވިއެވެ.

މައުމޫންގެ ޓްވީޓުގައި ރައީސް ނަޝީދު ދައްކަވަނީ ބުއްދި ހަމަނުޖެހޭ ވާހަތަކެއްކަމަށް ނުސީދާ ގޮތެއްގަައި ސިފަ ކުރައްވާފައިވެއެވެ. އަދި ކުރާ ސުވާލުތަކަށް ބުއްދި ގަބޫލުކުރާ ޖަވާބެއް ދެއްވުމަށް ވަރަށް ޖެއްސުމުގެ ރާގަކަށް ރައީސް މައުމޫން ވިދާޅުވެފައި ވެއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ކުރީގެ ދެ ރައީސުންގެ ދެމެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރައްވަން ފަށްޓަވާފައިމިވަނީ ވެރިކަމުގެ ނިޒާމާއި ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގެ ސަބަބުންނެވެ. ރައީސް މައުމޫން ވިދާޅުވެފައިވަނީ ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމުކަމަށެވެ.

"ދިވެހި ރާއްޖޭގެ ސިޔާސީ އިޖްތިމާޢީ އިޤްތިޞާދީ ޙާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަން ކަށަވަރު. 2007 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑު އަޣްލަބިއްތަކުން ނިންމަވާފައި ވަނީ ވެސް ހަމަ އެހެން." މައުމޫން ވިދާޅުވިއެވެ.

2007 ވަނަ އަހަރު ވެރިކަމުގެ ނިޒާމު ކަނޑައަޅަން ނެގި ވޯޓުގައި 95،619 މީހުން ވޯޓް ދީފައިވަނީ ރިޔާސީ ނިޒާމު އޮންނަން ފެންނަ ކަމަށެވެ. ބަރުލަމާނީ ނިޒާމު އޮންނަން ފެންނަ ކަމަށް ވޯޓް ދީފައިވަނީ 58،504 މީހުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ އަބަދުވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ކަނޑައަޅާފައިވަނީ ސީދާ ރައްޔިތުން ކަމަށާއި، އެ ނިޒާމު ބަދަލުކުރާނަމަ ފުރަތަމަ ދާންޖެހޭނީ ރައްޔިތުންގެ ގާތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


5

ވޯޓު ވަގު

25-Aug-2020

ތިޔަ ދެމީހުންނަކީވެސް ބޮހަމަ ނުޖެހޭ ދެމީހުން. މިހާތަނަށް ރާއްޖޭގައި އިންސާފުވެރި ވޯޓެއް ނުނަގާ. ރައީސް މައުމޫނު 30 އަހަރު ވެރިކަންކުރީ ގަދަކަމުން ރައްޔިތުން އަތުނ ވޯޓް ހޯދައިގެން 2008 ގައި ރައީސް ނަޝީދަށް ވެރިކަން ލިބުނީވެސް މައުމޫނަށް ރައްޔިތުން ދިން ވޯޓްތައް ނަސަންދުރާ ކާޕެޓް ދަށުގަ ފޮރުވާފަ އަލުން ކަރުދަސް އަޅައިގެން އެކަން ކުރީ ފުއަދު ތައުފީގު މިހަރުވެސް އޭނަ އެހެރީ ރަންއިލޮށިން ކަދުރުކާން



ޓްރެންޑިން