ރައީސް ސޯލިހާއި ރައީސް ނަޝީދު ބައްދަލުކުރައްވަނީ
ރައީސް ސޯލިހާއި ރައީސް ނަޝީދު ބައްދަލުކުރައްވަނީ
ރައީސް ނަޝީދުގެ ހަޔާތްޕުޅުގައި އެއްވެސް ކަމެއްގައި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހާއި ވާދަ ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިހެން ވިދާޅުވީ މިއަދުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ރައީސް ނަޝީދާއި ރައީސް ސޯލިހާއި ދެބޭފުޅުންނަކީ ވާދަވެރި ދެބޭފުޅުން ކަމުގައި ވިދާޅުވެ ދެއްކެވި ވާހަކަ އަކަށް ރައްދު ދެއްވަމުންނެވެ.

"އިއްޒަތްތެރި މެމްބަރު ތިޔަ ވިދާޅުވީ އަޅުގަނޑުގެ ހަޔާތުގެ އެއްވެސް ކަމެއްގައި ވާދަ ނުކުރައްވާނެ ބޭފުޅެއްގެ ވާހަކަ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ ދުވަސްވީ ރަހުމަތްތެރިޔާ ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ހަޔާތާއި ގުޅޭ އެއްވެސް ކަމެއްގައި ރައީސް ސޯލިހް ވެސް ވާދަ ކުރައްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ، ރައީސް ނަޝީދުގެ ވާހަކަފުޅުންވެސް، ދެބޭފުޅުންނަކީ ކައިވެނި ބައްލަވައިގެން އުޅުއްވާ ދެބޭފުޅުން ކަމަށް މާނަކުރެވުނު ކަމަށެވެ.

"ރައީސް ތިޔަ ވިދާޅުވި އެއްޗަކުން ހީވަނީ ދެބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅަކާއި ކައިވެނި ބައްލަވައި ގަންނަ ވާހަކަހެން ތިޔަ ވިދާޅުވަނީ. އަޅުގަނޑު މި ދައްކަނީ ސިޔާސީ ވާހަކަ، ކޮންމެ ވާހަކަ އެއް ދެއްކި ނަމަވެސް މަނިކުފާނާއި ރައީސް ސޯލިހާ ދެބޭފުޅުންނަކީ ދެ ވާދަވެރިން، މިއަދު ރައީސް މައުމޫން ވެސް އެއީ މުޅިން ވަކިފަޅި އެއްގައި ހުންނެވި ހަމަ މަނިކުފާނާއި ވާދަކުރައްވާނެ ބޭފުޅެއް." އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސް ސޯލިހާއި އެއްވެސް ކަމެއްގައި ވާދަ ނުކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު ރައީސް އެންމެ އިތުބާރު ކުރައްވާ ވަޒީރު، އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން ވަކިކުރުމަށް ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ވަނީ މަސައްކަތް ފައްޓަވާފައެވެ. ދާދިފަހުން ރައީސް ސޯލިހް ވަނީ ފައްޔާޒަށް އެމަނިކުފާނުގެ އިތުބާރު އޮތްކަން ހާމަކުރައްވާފައެވެ. އެކަމާ ގުޅިގެން މަޖިިލިސް މެދުވެރިކޮށް ފައްޔާޒު މަގާމުން ވަކިކުރުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތަށް ވަނީ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


4

އޭދަފުށި މުހައްމަދު

25-Aug-2020

އެހެން މީނަ ބުނެފިތަ. އޭގެ މާނައަކީ މީނަ ކޮންމެ ގޮތެއް ހަދާފަވެސް އެކަމެއް ކުރާނެ. މީ މާޒީގައި ކަން ހިނގާފައިވާ ގޮތް. އަހަރެމެންނަށް އޮޅުވާލަން އުޅޭނެކަމެއް ނެތް.



ޓްރެންޑިން