ޓޫރިޒަމް މިިނިސްޓަރު ޑރ. އަބުދުﷲ މައުސޫމުގެ ހުވަޔާމެދު ސުވާލު އުފައްދަވައި، ރުހުން ދިނުމުގެ ވޯޓަށް ނާހަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނިންމަވައިފިއެވެ.
މިއަދުގެ ޖަލްސާގައި ޑރ. މައުސޫމަށް ރުހުން ދިނުމަށް ކޮމެޓީން ނިއްމި ރިޕޯޓް ވަނީ މަޖިލީހަށް ހުށައަޅާފައެވެ. ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ މައުސޫމް މަގާމުގެ ހުވާ ކުރެއްވިއިރު، އޭނާ ހުންނެވީ އަމިއްލަ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކަމަށެވެ. ވިޔަފާރިއެއް ކުރައްވާ ބޭފުޅަކު ވަޒީރުކަމަށް ވަޑައިނުގެންނެވޭނެ ކަމަށާއި އޭނާ މަގާމުގެ ހުވާ ކުރައްވަން ޖެހޭނީ މެނޭޖިން ޑިރެކްޓަރުކަމުން އިސްތިއުފާ ދެއްވުމަށްފަހުގައި ކަމަށެވެ.
މިމައްސަލައިގައި ގިނަ މެމްބަރުން ވަނީ ޑރ. މައުސޫމްގެ ހުވަޔާ މެދު ސުވާލު އުފައްދައި އެއީ ގާނޫނު އަސާސީ އާއި ޚިލާފަށް ކޮށްފައިވާ ހުވައެއް ކަމަށް ވިދާޅުވެފައެވެ. މަޖިލީހުގެ ބައެއް މެންބަރުން ވަނީ ވަޒީރު ކަމުގެ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރިވެރިއަކަށް ވުން ނެތް ކަން ފާހަގަކުރައްވައި އޭގެ ފަހުން އޭނާ ވިޔަފާރިއެއްގެ ގޮތުގައި ހުންނެވީ އެ މަގާމުން އިސްތިއުފާ ދެއްވާފައިވާތީވެ ކަން ފާހަގަ ކުރައްވާފައެވެ. އެހެންވީމާ މި މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދެވޭނެ ކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ.
ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ ވަޒީރު ކަމުގެ ޝަރުތުގެ ތެރޭގައި ވިޔަފާރިވެރިއަކަށް ވުން ނުހިމެނުނަސް ވަޒީރު ކަމުގައި ހުންނަވާއިރު ވިޔަފާރި ކުރުން މަނާވާނެ ކަމަށެވެ. އެހެންކަމުން ވަޒީރުގެ ހުވާ ކުރައްވާއިރު އެ ކަމުން އޭނާ ބަރީއަވެގެން ހުންނަވަން ޖެހޭނެ ކަމަށް ހިސާން ވިދާޅުވިއެވެ. މަޖިލީހުގެ މެމްބަރުންގެ ވާހަކަތަކާއި ކައުންސެލަރ ޖެނެރަލްގެ ލަފަޔަށް ރިއާޔަތް ކުރެއްވުމަށްފަހު ޑރ. މައުސޫމަށް ރުހުންދިނުމަށް ފެނޭތޯ ވޯޓަށް ނާއްސަވަން ރިޔާސަތުން ވަނީ ނިއްމާފައެވެ.
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގައި ވޯޓަށް ނާއްސަވާނެ ކަމަށެވެ. މައުސޫމް ޖެހިވަޑައިގަންނަވާނީ އަލުން ހުވާ ކުރެއްވުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ޤާނޫނުއަސާސީގައި ބުނެފައި ވަނީ ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ވިޔަފާރިއެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ، އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ޝާމިލުވެ، އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މައްސަކަތެއްކޮށް، އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކޮށްގެނެއް ނުވާނެ ކަމަށެވެ. މީގެ ކުރިން ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވެސް ގާނޫނު އަސާސީ އާއި ޚިލާފަށް ހުވާކުރެއްވި މައްސަލަވެސް ފެންމަތިވިއެވެ. އެމައްސަލަ ފެންމަތިވުމާއިި ގުޅިގެން މިނިސްޓަރު އިމްރާން ވަނީ އިސްތިއުފާ ދެއްވައި އަލުން މަގާމުގެ ހުވާކުރައްވައި މަގާމާއި ހަވާލުވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު