މިއަދާއި ހަމައަށް މަސްވެރިންނަށް ނުދެވިހުރި ފައިސާ ދިނުމަށް މިފްކޯއާ ފައިސާ ހަވާލުކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ‏މިއަދާ ހަމައަށް މަސްވެރިންނަށް ނުދެވިހުރި ފައިސާގެ ޖުމުލަ އަދަދު މިހާރު އެ ފަރާތްތަކަށް ރައްދުކުރުމަށް މިފްކޯއަށް ހަވާލުކޮށްފައިވާ ކަމަށެވެ.

"މެނިފެސްޓޯގައިވާ ފަދައިން 48 ގަޑިއިރު ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިންނަށް ފައިސާ ދެވޭނޭ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މިފްކޯ އިން މީގެ ކުރިން ބުނީ މަސް ކިރުމަށްފަހު މިހާތަނަށް ނުދެވި ޕެންޑިން ޕޭމަންޓުތަކުގެ ގޮތުގައި 9 މިލިއަން ރުފިޔާ އެބައޮތް ކަމަށެވެ. އަދި އެއީ 331 ދޯންޏަކަށް ދޭންޖެހޭ ފައިސާގެ އަދަދު ކަމަށް މިފްކޯ އިން ބުނެއެވެ.

މިސަރުކާރު ވެރިކަމާ ހަވާލުވި އިރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ 250 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރި ކަމަށް ސަރުކާރުން ބުނެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ އެ ފައިސާއާ އެކުގައި މިހާތަނަށް އައިއިރު، މަސްވެރިންނަށް 1.1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން