ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން
ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން
ރައީސް މައުމޫންގެ ވެރިކަމުގެ ދިގު ހަޔާތްޕުޅުގައި އައި ކޮންމެ ވޯޓެއްގައި އޮޅުވާލައްވައި މަކަރު ހައްދަވާފައިވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ރައީސް މައުމޫން ދިފާއު ކުރައްވައި އެ މަނިކުފާނުގެ ހަގު ދަރިކަލުން ޣައްސާން މައުމޫން، ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސް މައުމޫނާއި ރައީސް ނަޝީދު ޓުވިޓާގައި ބަހުގެ ހަމަލާތައް ބަދަލުކުރެވެމުން ދަނިކޮށް ބައްޕާފުޅު ދިފާއު ކުރައްވާ ޣައްސާން ވިދާޅުވީ، އިތުރުފުޅު ހެއްދެވުން ނޫން ކަމެއް ދެނެވަޑައި ނުގަންނަވާ ބޭފުޅެއްގެ ބަސް ދިވެހިން ދެން ގަބޫލު ނުކުރާނެ ކަމަށެވެ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން ވިދާޅުވީ ރައީސް ނަޝީދު، ވޯޓަކުން ބަލިވާ ކޮންމެ ފަހަރަކު އެއީ އަނެއްކޮޅުން ވާދަ ކުރައްވާ ބޭފުޅަކު ވޯޓު އޮޅުވާލީ ކަމަށް ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އަދި އިސްތިއުފާ ދެއްވުމަށްފަހު އެއީ ބަޣާވާތެއް ކަމަށް ވިދާޅުވާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ބާރެއް ލިބި ސަރުކާރު ނުހިންގުމުން އެކަން ކުރީގެ ސަރުކާރުގެ، ނޫނީ ކޯލިޝަނާއި މަތިކުރާ ކަމަށް ޣަައްސާނު ވިދާޅުވިއެވެ.

އެހެންކަމުން ރައީސް ނަޝީދަކީ އިތުރުފުޅު ހައްދަވާ ބޭފުޅެއް ކަމަށާއި އަދި އިތުރުފުޅު ހެއްދެވުން ނޫން ކަމެއް ދެނެވަޑައި ނުގަންނަވާ ބޭފުޅެއްގެ ބަސް ދިވެހި އެއްވެސް ރައްޔިތަކު ގަބޫލު ނުކުރާނެ ކަމަށް ޣައްސާނު ވިދާޅުވިއެވެ. ޣައްސާން މިހެން ވިދާޅުވެފައިވާއިރު ރައީސް މައުމޫން ވެސް ވަނީ ރައީސް ނަޝީދަށް ރައްދު ދެއްވާ ސުވާލެއް ކުރައްވާފަ އެވެ. އެގޮތުން ރައީސް މައުމޫން ވިދާޅުވީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމުގައި ބައްލަވާތީ ހިތާމަ ކުރައްވާ ކަމަށެވެ. އަދި 30 އަހަރުގެ ތެރޭގައި އައި ހުރި އިންތިހާބެއްގެ ވޯޓު އޮޅުވާލެއްވި އިރު 2008 ވަނަ އަހަރުގެ އިންތިހާބު އޮޅުވާ ނުލެއްވުނީ ކީއްވެތޯ ވެސް އެ މަނިކުފާނު ވަނީ ސުވާލު ކުރައްވާފައެވެ.

ރައީސް މައުމޫން ވަނީ ބުއްދި ގަބޫލު ކުރެއްވޭފަދަ ޖަވާބެއް ދެއްވުމަށް ވެސް ރައީސް ނަޝީދުގެ އަރިހުން އެދިވަޑައިގެންފަ އެވެ.


ކިޔުންތެރިންގެ ހިޔާލު


1

އިއްބެ

26-Aug-2020

ބޮޑުބޭބެ އިލްޔާސް އިބްރާހީމް ﷲ÷ީޑ ގެ ޚިޔާނާތުގެ ފައިސާއިން ގަތް ބިމެއް (ޗާންދަނީމަގުގެ އިރުއުތުރުގައިއޮތް) މީނާގެ ނަމުގައި ވަނީ ރަޖިސްޓްރީ ކޮށްފައެވެ. މިބިމަކީ ޙަލާލުފައިސާއިން ގެނެފައިވާ ބިމެއް ނޫން.



ޓްރެންޑިން