ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ސަރުކާރުގައި މާލީ ހިސާބުތައް ބެލެހެއްޓުމުގައި ގާނޫނާއި ހިލާފަށް އަމަލުކުރި މައްސަަލައިގައި ފިޔަވަޅު އަޅާނީ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓް ލިބުމުން ކަމަށް ބަންޑާރަނައިބު އަޙުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވީ، ކުރީގެ ސަރުކާރުން މާލީ ހިސާބުތައް ބެލެހެއްޓުމުގައި ގާނޫނާއި ހިލާފަށް އަމަލުކުރި މައްސަލައިގެ ފިޔަވަޅު އެޅޭނީ އޮޑިޓަރ ޖެނެރަލް ނެރުއްވާ ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އުޝާމް ވިދާޅުވީ މާލީ ހިސާބުތައް ގޯސްކޮށް ހެދި މައްސަލައިގައި ހޯދަންޖެހޭ ހުރިހާ މައުލޫމާތެެއް އޮޑިޓަރ ޖެނެރަލް މިހާރު ހޯއްދަވާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އޮޑިޓަރ ޖެނެރަލް ތައްޔާރުކުރާ ރިޕޯޓް ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ނިންމާލެވޭނެ ކަމަށް އުޝާމް ވިދާޅުވިއެވެ.
"އޮޑިޓަރ ޖެނެރަލްގެ ރިޕޯޓް ނެރުއްވީމަ އެރިޕޯޓްގައި ބަޔާންކޮށްފައިވާގޮތުގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެން އިތުރަށް އެމައްސަަލައިގައި ކުރިއަށްދާނެ ގޮތްތަކެއް ނިންމާނީ." އުޝާމް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ މާލީ މުޢާމަލާތްތަކުގެ ތެރެއިން މާލީ ވުޒާރާގެ ހިސާބުތަކުގެ ތެރެއަށް ނުވައްދައިހުރި 2 ބިލިޔަނެއްހައި ރުފިޔާ ހުރިކަން ފާހަގަކުރެވިގެން އެމައްސަލަ ސަރުކާރުން މިހާރު ވަނީ ބަލަން ފަށާފައެވެ. މި ނޫންވެސް މާލީ ހިސާބުތައް ބެލެހެއްޓުމުގައި ގާނޫނާ ހިލާފަށް ކުރީގެ ސަރުކާރުން އަމަލުކޮށްފައިވާ ގިނަ ކަންތައްތަކެއް ވަނީ ފެންމަތިވެފައެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު ވިދާޅުވެފައިވަނީ އެއީ، ގާނޫނު އަސާސީ އާއި މާލިއްޔަތާ ގުޅޭ ގަވާއިދާ ހިލާފަށް ކުރަމުންދިޔަ ކަމެއް ކަމަށެވެ. އެހެންކަމުން، އެ މައްސަލަތައް ބަލަން ނިންމާފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ. އުޝާމް ވިދާޅުވީ ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި ހަދާފައި ހުރި "ގޯސްތައް" ނުބަލައި ދޫކޮށްނުލެވޭނެ ކަމަށެވެ.
"މިފަރާތްތަކުގެ މައްސަލަތައް އަޅުގަނޑުމެން ބަލައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން، ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި ވަރަށް ބޮޑެތި ގޯސްތަކެއް ހަދާފައި އެބަހުރި. އެހެންވީމަ އެކަމަކީ އަޅުގަނޑުމެން އެހާ ފަސޭހައިން ދޫކޮށްލާ ފަދަ ޒާތުގެ ކަމަކަށް ވެގެން ނުވާނެ.'" ބަންޑާރަ ނައިބު އެދުވަހު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު