މިސް ޔުނިވަރސް މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތު އެމުބާރާތުގައި ވާދަކުރާ މަރިޔަމް ޝައިނާ ނަސީމަށް އޮންނަންވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙްމާން (އައްދު) މިއަދު ވިދާޅުވެއްޖެއެވެެ.
އިންޑިއާގައި ހުންނަ މެކްސިކޯ އެމްބަސީން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިސް ޔުނިވަރސް މުބާރާތުގައި ވާދަކުރުމަށް އުމުރުން 21 އަހަރުގެ މަރިޔަމް ޝައިނާ ނަސީމަށް ވިސާ ހަމަޖައްސައިދީފައިވާ ކަމަށެވެ. މިއީ މި މުބާރާތުގައި ދިވެހިރާއްޖެއިން ބައިވެރިވާ ފުރަތަމަ ފަހަރު ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެެ.
އެހެން ނަމަވެސް ދިވެހިރާއްޖެ ތަމްސީލުކުރުމުގެ ނަމުގައި ދިވެއްސަކު މިސް ޔުނިވަރސްގައި ބައިވެރިވުން ސަރުކާރުން ވަނީ ކުށްވެރިކޮށްފައެވެ. ޔޫތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އެއީ ސަރުކާރުން ބަލައިގަންނަ ކަމެއް ނޫން ކަމަށް ބުނެ އެކަން ހުއްޓާލަން ގޮވާލާފައެވެ.
އެކަމާ ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙްމާން ވިދާޅުވީ މަރިޔަމް ޝައިނާ ނަސީމް ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިޔުމުގެ ފުރުސަތު އޮންނަންވާނެ ކަމަށާއި ރާއްޖެ ތަމްސީލް ކުރުމުގެ ފުރުސަތު ވެސް އޭނާއަށް އޮންނަންވާނެ ކަމަށެވެ. އައްދު ވިދާޅުވީ މިއީ 21 ވަނަ ގަރުނު ކަމަށާއި ދިވެހިން މިއަށްވުރެ ތަހުޒީބުވާންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ރިބާއާއި، ރަލާއި، އޫރުމަހާއި، ނިވައިކަންކުޑަ ހެދުން އަޅައިގެން ރަށުތެރޭ އުޅެން އޯކޭ ކަމަށެވެ. އަދި ފިރިހެންވެރިން ޖަނގިޔާ ލައިގެން ގައިގައި ކަޅުތެޔޮ އުގުޅައިގެން ފާޑުފާޑު މުބާރާތް ބާއްވަން އޯކޭ ކަމަށް އައްދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ "ދިވެހިންގެ ސަގާފަތާއި ދީނުން ބޭރުވަނީ" މިސް ޔުނިވަރސްގައި ދިވެއްސަކު ބައިވެރިވުމުން އެކަނި ކަމަށެވެ.
"މިހެން ބުނެގެން އަޅުގަނޑު ގޯސްވިޔަސް ދިވެއްސެއްގެ އަދި މެންބަރެއްގެ ހައިސިއްޔަތުން ވެސް އެބޭފުޅާ މިސް ޔުނިވަރސްގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް ރާއްޖޭގެ ނަމުގައި މި މުބާރާތް ކާމިޔާބުވުމަށްވެސް އެދެން. ޔަގީނުންވެސް އެމް.އެމް.ޕީ.އާރުސީގެ ފަސް އަހަރުގެ ބަޖެޓުން ރާއްޖެއަށް ވާ ފައިދާ އަށްވުރެން އެބޭފުޅާ އެކަމުގައި ބައިވެރިވުމުން ވާ ފާއިދާވެސް ބޮޑުވާނެ ކަމަށް ފެނޭ." މިނިވަން މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިޚާބުވެވަޑަައިގެންނެވި އައްދު ވިދާޅުވިއެވެ.

އެބޭފުޅާއަށް އެބޭފުޅާ ދާން ބޭނުން ރޮނގަކުން ކުރިއަށް ދިއުމުގެ ފުރުސަތު އޮންނަންވާނެ، ރާއްޖެ ތަމްސީލު ކުރުމުގެ ފުރުސަތުވެސް އޮނަންވާނެ،މިއީ 21 ވަނަ ގަރުނު، އަހަރެމެން މިއަށްވުރެން ތަހުޒީބު ވާން އެބަޖެހޭ، މި ރާއްޖޭގަ ރިބާ، ރަލާ އޫރުމަސް، ނިވާކަން ކުޑަ ހެދުން އަޅައިގެން ރަށުތެރޭ… https://t.co/fAn0Low12k
— Abdul Rahman (@MpAhdhu) October 30, 2024
"މިހެން ބުނެގެން އަޅުގަނޑު ގޯސްވިޔަސް ދިވެއްސެއްގެ އަދި މެންބަރެއްގެ ހައިސިއްޔަތުން ވެސް އެބޭފުޅާ މިސް ޔުނިވަރސްގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް ރާއްޖޭގެ ނަމުގައި މި މުބާރާތް ކާމިޔާބުވުމަށްވެސް އެދެން. ޔަގީނުންވެސް އެމް.އެމް.ޕީ.އާރުސީގެ ފަސް އަހަރުގެ ބަޖެޓުން ރާއްޖެއަށް ވާ ފައިދާ އަށްވުރެން އެބޭފުޅާ އެކަމުގައި ބައިވެރިވުމުން ވާ ފާއިދާވެސް ބޮޑުވާނެ ކަމަށް ފެނޭ." މިނިވަން މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިޚާބުވެވަޑަައިގެންނެވި އައްދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު