ޕީއެސްއެމްގެ ހިޔާނާތުގެ މައްސަލައާއި ގުޅިގެން އެ ކުންފުނީގެ ކުރީގެ ފައިނޭންސް ޑިރެކްޓަރު އަޙްމަދު ހަނީފުގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
އޭސީސީން މިއަދު ބުނެފައިވަނީ، އޭނާގެ ޕާސްޕޯޓު ހިފެހެއްޓީ އެ ކޮމިޝަނުން އެދިގެން ކޯޓު މެދުވެރިކޮށް ކަމަށެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ސެޕްޓެމްބަރު މަހުގެ ތެރޭގައި ނެރުނު ޕީއެސްއެމުން ޑޮލަރު ގަތުމަށް ނެގި ފައިސާ އާއި އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ފައިސާއާއި ގުޅޭ ހާއްސަ އޮޑިޓު ރިޕޯޓުގައި ވަނީ އެ ކުންފުނީގެ ގިނަ އަދަދެއްގެ ފައިސާ ގެއްލިފައިވާކަމަށް ބުނެފައެވެ.
އަދި ފައިސާއާއި ބެހޭ ކަންކަމުގައި އިސްކޮށް އުޅުއްވި ވެރިންގެ އަމިއްލަ މަސްލަހަތު ހިމެނޭ ފަރާތްތަކުގެ އެކައުންޓަށް މިލިއަނުން ފައިސާ ޖަމާކޮށްފައިވާކަން ވެސް އެރިޕޯޓުގައި ވަނީ ފަޅާއަރުވާލާފައެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، 2017 އިން 2020 ވަނަ އަހަރުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ލިބުނު 4.23 މިލިއަން ރުފިޔާ ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައި ނުވާކަމަށާއި އެ ފައިސާގެ ތެރެއިން 4.15 މިލިއަން ރުފިޔާ އެންމެފަހުން ހަވާލުވިކަމަށް، ކުންފުނީގެ ރެކޯޑުތަކުން ދައްކަނީ އެ ކުންފުނީގެ ކުރީގެ ފައިނޭންސް ޑިރެކްޓަރު ކަމަށެވެ.
އަދި 2024 ވަނަ އަހަރު ބަލައިގެންފައިވާ 31 ހާސް ރުފިޔާ ވެސް ބެންކް އެކައުންޓަށް ޖަމާކޮށްފައި ނުވާކަން ހާމަވެފައިވާކަމަށް ރިޕޯޓުގައިވެއެވެ. އަދި ޑޮލަރު ގަތުމަށް ޖުމުލަ 5.79 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން ކުންފުންޏަށް ލިބިފައިވަނީ 1.20 މިލިއަން ރުފިޔާއަށްވާ 76 ހާސް ޑޮލަރު ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.
އޮޑިޓްގައިވަނީ، އެ ފައިސާގެ ތެރެއިން ކުރީގެ ފައިނޭންސް ޑިރެކްޓަރުގެ ދަރިއެއްގެ އެކައުންޓަށް 1.16 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު