ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ޑިރެކްޓަރުންގެ ބޯޑަށް މުމްތާޒާއި، ލީނާ، އަދި ހުޝާމް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ.

މީރާގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ 8 ނަންފުޅުގެ ތެރެއިން ތަޅުމަށް ފޮނުވުމަށް ކޮމިޓީން ފާސްކޮށްފައިވަނީ 5 ނަމެކެވެ. ކޮމިޓީން ރުހުން ދިން 5 ނަމުގެ ތެރެއިން އެންމެ ފުރަތަމަ ވޯޓަށް އެހި 4 ނަމަށް ރުހުން ދިނުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

މީރާގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފައިވާ ބޭފުޅުންނަކީ، މުމްތާޒް ޢަބްދުއްރަޝީދު، މުރިނގު / ހދ.ހަނިމާދޫ 65 ވޯޓް، ލީނާ މުޙައްމަދު ޒާހިރު ޙުސައިން، / ހ.ނީލްވިލާ 65 ވޯޓް، ހުޝާމް ވަޙީދު، / ގ. މާލެހިޔާ 2 03-15 66 ވޯޓް، ޢާއިޝަތު ޢަޝާ ޢަލީ، ހ.އީސޓްވާރޑް 66 ވޯޓެވެ.

ކޮމިޓީން ރުހުން ދެއްވި ބޭފުޅުންގެ ތެރެއިން ތަޅުމުން ރުހުން ނުލިބުނީ ޢަލީ އިރުފާނަށެވެ. އޭނާގެ ނަމަށް ފެންނަކަމަށް 4 ވޯޓް ލިބުނުއިރު ނުފެންނަކަމަށް 53 މެންބަރަކު ވޯޓު ދެއްވިއެވެ.

މީރާގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ޢައްޔަންކުރުމަށް މަޖިލީހަށް ފޮނުވާފައިވަނީ އެބޯޑުގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން ތިން މެމްބަރެއްގެ މަގާމުގެ މުއްދަތު މިމަހުގެ އަށްވަނަ ދުވަހަށް ހަމަވުމާއި، އެހެން މެމްބަރަކު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. މީރާގެ ބޯޑުން އިސްތިއުފާ ދެއްވާފައި ވަނީ ފަސީހު ޒާހިރެވެ.

މީރާގެ ބޯޑުގައި ތިއްބަވާނީ ހަތް މެމްބަރުންނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާ ފަސް މެމްބަރަކާއި ފިނޭންސް މިނިސްޓަރު ކަނޑައަޅުއްވާ މެމްބަރަކާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން