ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑޮކްޓަރު ކަމުގެ ކޯސް ފުރިހަމަކޮށް ދަރިވަރުންތަކެއް ދަސްވެނިވެއްޖެއެވެ.
ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން އެމްބީބީއެސް ހާސިލުކުރި ދަރިވަރުންނަށް ދަސްވެނިވިކަމުގެ ލިޔުން މިއަދު ހަވާލުކޮށްދެއްވީ މިއަދު ބޭއްވި އެ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އެމްއެންޔޫއިން މެލޭޝިއާގެ ގައުމީ ޔުނިވާސިޓީއާ ގުޅިގެން އެމްބީސީއެސްއަށް ކިޔަވައިދޭން ފެށީ 2019 ވަނަ އަހަރު އެވެ. އެއީ 22 ދަރިވަރުންނާ އެކުއެވެ.
ނަމަވެސް އެމްއެންޔޫގެ ސްކޫލް އޮފް ހެލްތުގެ އިސް އޮފިޝަލަކު "ރަސް"އަަށް ވިދާޅުވީ މިއަދު ޑޮކްޓަރުކަމުގެ ކޯސް ފުރިހަމަކޮށް ދަސްވެނިވީ 21 ދަރިވަރުން ކަމަށެވެ.
އެމްއެންޔޫގެ އޮފިޝަލު ވިދާޅުވީ މިއަދު ދަސްވެނިވި ދަރިވަރުންގެ ނަތީޖާއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
21 ދަރިވަރުން މިއަދު ދަސްވެނިވި ނަމަވެސް އެ ދަރިވަރުންގެ އިންޓަރންޝިޕް އަދި ނުނިމޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު