2025 ވަނަ އަހަރަށް ލަފާކޮށް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބަޖެޓު ބަޔާނުގައި ނިމިދިޔަ ރައީސް ޞާލިހުގެ ސަރުކާރުގެ މާލީ ސިޔާސަތަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށްފިއެވެ.
ބަޖެޓު ބަޔާން ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާ އަދި 2022 ވަނަ އަހަރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތަކާއި ގުޅޭ މުހިންމު ޚަރަދުތަކެއް އިތުރަށް ކުރަންޖެހުމުން، އެކަން ކުރިއަށްގެންދެވެން އޮތް ހަމައެކަނި މަގަކީ ސަރުކާރުން އިތުރަށް ދަރަނިވެރިވެގެންނާއި ފައިސާ ޗާޕުކޮށްގެން ކަމުގައި، ރައްޔިތުންގެ މަޖީލީހަށް ކުރިން ބަޖެޓުތައް ހުށަހެޅިއިރު ވަކާލަތުކޮށްފައިވާ ކަނަށެވެ.
އެގޮތުން 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް މަޖިލީހުގެ ރުހުމާއެކު ޖުމުލަ 8.8 ބިލިއަން ރުފިޔާ މަރުކަޒީ ބޭންކަށް އަނބުރާ ދައްކާނެގޮތުގެ ދަރަންޏަށް ނަގާފައިވާ ކަމުގައި މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ. އަދި އެކަން ކޮށްފައިވަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި ކަމުގައި ވެސް ވަޒީރު ވިދާޅުވިއެވެ.
"2022 ވަނަ އަހަރު ކޮވިޑް-19 ގެ ހާލަތުން ވީއްލި، އިގުތިސާދު އިއާދަވެ، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ފައިސާ ޗާޕުކުރުމަށް ކަނޑައަޅާފައިވާ އިސްތިސްނާގެ ހާލަތްތައް ނެތިދިއުމަށްފަހުވެސް، ދިވެހި ރައްޔިތުންނާއި ގައުމުގެ މާލިއްޔާގެ މަސްލަހަތުގެ މައްޗަށް ސިޔާސީ ތައައްސަބު އިސްކޮށް، އިތުރުކުރަމުން ދިޔަ ޚަރަދުތައް ފޫބެއްދުމަށް ފައިސާ ޗާޕުކުރުމުގެ ޒިންމާދާރުކަން ކުޑަ ސިޔާސަތު ވަނީ ކުރިއަށް ގެންގޮސްފައި." މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ އިގުތިސާދު އިތުރަށް ފުޅާކުރުމާއި ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މުހިންމު ޚިދުމަތްތަކަށް ކުރަންޖެހިފައި ހުރި ހޭދަތަކުގެ ނަމުގައި، ފާއިތުވެދިޔަ އަހަރުތަކުގައި ސަރުކާރުގެ ޚަރަދު ވަނީ އިގުތިސާދާއި ދައުލަތުގެ އާމްދަނީއާ ނުބައްދަލު މިންވަރަށް އުފުލާފައި ކަމަށެވެ.
"މިގޮތުން، ފަސް އަހަރު ކުރިން 28.2 ބިލިއަން ރުފިޔާގައި ހުރި ދައުލަތުގެ ބަޖެޓު ވަނީ 2023 ވަނަ އަހަރުގެ ނިޔަލަށް 50.9 ބިލިއަން ރުފިޔާއަށް އަރުވާ، ޖީޑީޕީގެ ނިސްބަތުން 124 އިންސައްތައާ ހަމައަށް ދައުލަތުގެ ޖުމުލަ ދަރަނި ގެންގޮސްފައި. ނަތީޖާ އަކީ މިއަދު ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބޭ ކޮންމެ 100 ރުފިޔާއަކުން 23 ރުފިޔާ ދަރަނި އަނބުރާ ދެއްކުމަށާއި އިންޓަރެސްޓަށް ހޭދަކުރަންޖެހުން." ބަޖެޓު ބަޔާން ހުށައަޅުއްވަމުން މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.
މިނިސްޓަރ ޒަމީރު ވިދާޅުވީ ފައިނޭސްކުރާނެ ގޮތުގެ ޕްލޭނެއް ނެތި ދައުލަތުގެ ޚަރަދު މިގޮތަށް އުފުލަމުން ދިއުމުގެ އަނެއް ނަތީޖާއަކީ ސަރުކާރަށް ޚިދުމަތް ފޯރުކޮށްދޭ ކޮންޓްރެކްޓަރުންނާއި ވެންޑަރުންގެ ބިލްތަކަށް އަދާކުރަންޖެހޭ ފައިސާ އަދާނުކުރެވި ބިލްތައް ފުނިޖެހިގެން ދިއުން ކަމަށެެވެ. އަދި ފާއިތުވި އަހަރުތަކުގައި، ރޭވުންތެރިކަމެއް، ޒިންމާދާރުކަމެއް ނެތް، "ފަނާކުރަނިވި ފިސްކަލް ޕޮލިސީއެއް" ތަންފީޒުކުރުމުގެ ސަބަބުން ދައުލަތުގެ މާލިއްޔާ އޮތީ ޚަރާބުގެ މަގަށް ހުށަހެޅިފައި ކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.
"ސާފުކޮށް ފެންނާން އޮތް އާޚިރު ނަތީޖާއަކީ މުޅި ދިވެހި ގައުމު ނުރައްކާތެރި ހާލަތަކަށް ހުށަހެޅިގެން ދިއުން." ކުރީގެ ސަރުކާރުގެ މާލީ ސިޔާސަތު ތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު