ކުރިއަށްއޮތް 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ވެގެންދާނީ "ބޯހިޔާވަހިކަމުގެ" ބަޖެޓަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓާއި ގުޅޭގޮތުން ރައީސް މިއަދުވަނީ، ޔުނިވަރސިޓީގެ ގްރެޖުއޭޝަން ހަފްލާގައި ދެއްކެވި ވާހަކަފުޅުގައި އަލިއަޅުވާލައްވާފައެވެ.
އެގޮތުން، އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، 2025 ވަނަ އަހަރުގެ ބަޖެޓު ވެގެންދާނީ އެންމެ ފުޅާމިނެއްގައި، ގެދޮރުވެރިކަމަށް މަގުފަހި ކޮށްދޭނެ ބަޖެޓަށްކަމަށެވެ. އެހެންކަމުން އެ ބަޖެޓު ތަންފީޒުވެގެން ދާއިރު ވާނީ ބޯހިޔާވަހިކަމުގެ ބަޖެޓަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން، މައިގަނޑު ދެ ކަމެއް މި ބަޖެޓުން ހާސިލުވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަލަށް ފަށާ މަޝްރޫއުތަކުގެ ތެރޭގައި، ފިޒިކަލް ކޮންސްޓްރަކްޝަން ހައުސިންގ ޕްރޮޖެކްޓްތަކުން 1.5 ބިލިއަން ރުފިޔާގެ މަސައްކަތް ކުރިއަށް އޮތް އަހަރު ހިނގާނެ ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.
ހަމަ އެއާއެކީ ކުރިން ރައީސް ވައުދުވީގޮތަށް ފަސް އިންސައްތަ އިންޓަރެސްޓްގައި ދޫކުރާ ހައުސިންގ ލޯނުތައް މި އަހަރުގެ ނޮވެމްބަރުގެ ތެރޭގައި ދޫކުރަން ހުޅުވާލެވޭނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވީ އެ ލޯނު ސްކީމްގެ ތެރެއިން އަމިއްލަ ގޯތި އޮތް މީހާގެ ގޯތީގައި ގެ އެޅުމަށާއި ހަދަން ފަށައި ނުނިމިހުރި ތަންތަން ނިންމުމަށް ލޯނު ދޫކުރެވޭނެ ކަމަށެވެ. އެގޮތުން އެ ލޯނު ސްކީމަށް ބޭނުންވާ 1 ބިލިއަން ރުފިޔާ މި އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާނޭކަމަށް ރައީސް ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް މިއަދުވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު