އެނދުމަތިނުކޮށް ދޭ ފަރުވާތަކުގައި އަމިއްލަ އިންޝުއަރެންސް ސްކީމެއް އޮތް ފަރާތްތަކަށް އާސަންދަ ދިނުމުގައި އަމިއްލަ އިންޝުއަރެންސްއަށް އިސްކަންދޭން ނިންމައިފިއެވެ.
އާސަންދަ ކުންފުނިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ، ދެމެހެއްޓެނިވި ގޮތެއްގައި އާސަންދަ ސްކީމްގެ ޚިދުމަތްތައް ދިނުމަށްޓަކައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ދީފައިވާ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން، އާސަންދަ ސްކީމްގެ އިސްލާހީ މަސައްކަތުގެ ތެރެއިން، ސްކީމުގެ ދަށުން ޚިދުމަތްދިނުމުގައި ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އާސަންދައިން ބުނީ، 1 ނޮވެންބަރުން ފެށިގެން ސިއްހީ ޚިދުމަތް ހޯދުމަށް އަންނަ ފަރާތަކީ އަމިއްލަ އިންޝުއަރެންސެއް އޮތް ފަރާތެއްނަމަ، ޚިދުމަތުގެ މެމޯ ތައްޔާރުކުރުމުގެ ކުރިން، އެކަން ކަށަވަރުކޮށް އެ އިންޝުއަރެންސްގެ ކަވަރޭޖް ލިމިޓް ހަމަވަންދެން އެ އިންޝުއަރެންސް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށާއި އަމިއްލަ އިންޝުއަރެންސްގެ ދަށުން ނުލިބޭ ޚިދުމަތެއް ނަމަ، އަދި އެ ޚިދުމަތް އާސަންދައިން ލިބޭނަމަ، އެ ޚިދުމަތެއް އާސަންދައިގެ ދަށުން ފޯރުކޮށްދޭނެ ކަމަށެވެ.
އެ ކުންފުނިން ބުނީ ޕްރައިވެޓް އިންޝުއަރެންސްގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސަސް އަދި މޯލްޑިވްސް ޑިފެންސް ފޯރސްއިން ހިންގާ ސްކީމްތައް ނުހިމެނޭނެކަމާއި އެނދުމަތިކޮށްގެން ދެވޭ ފަރުވާގެ ބިލްތަކަށް މިހާރުވެސް އަމަލުކުރަމުންދާ އުސޫލުން އާސަންދަ ސްކީމުން ޚިދުމަތް ދިނުމަށް ވެސް އެ ކުންފުނިން ވާނީ ޚިދުމަތްދޭ ފާރާތްތަކަށް އަންގާފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު