އެެމެރިކާގެ ކޮންމެ ތަނަކަށް ހަމަލާ ދެވޭވަރުގެ އައިސީބީއެމް މިސައިލެއް އުތުރު ކޮރެެއާއިން ޓެސްޓުކޮށްފި އެވެ.
މި މިސައިލް ޓެސްޓުކޮށްފައިވަނީ އިއްޔެ އެވެ.
އިއްޔެ ލޯންޗުކުރި އައިސީބީއެމް 7000 ކިލޯ މީޓަރު މައްޗަށް 87 މިނެޓް ވަންދެން އުދުހިފައި ވެއެވެ.
ދެކުނު ކޮރެއާއިން އަންދާޒާކުރާ ގޮތުން ނަމަ އެ އައިސީބީއެމުން 15،000 ކިލޯ މީޓަރަށް ދަތުރުކުރެވޭނެ އެވެ.
އިންޓާ ކޮންޓިނެންޓަލް ބެލިސްޓިކް މިސައިލްއަކީ ދުނިޔޭގެ އެއް ބައްރުން އަނެއް ބައްރަށް ފޮނުވާލުމަށް ބޭނުންކުރާ އެންމެ ވަރުގަދަ މިސައިލްތަކެވެ.
އެމެރިކާ އޮންނަނީ ދުނިޔޭގެ އެންމެ ބިޔަ ޕެސިފިކް ކަނޑުން އުތުރު ކޮރެއާގެ އިރުމައްޗަށް ކަމަށްވާއިރު އެމެރިކާއާއި އުތުރުކޮރެއާއާ ދެމެދު ހުންނަ ދުރުމިން 10،000 ކިލޯ މީޓަރަށްވުރެ ވެސް ބޮޑެވެ. މިއީ އިނގިރޭސިވިލާތާ އުތުރުކޮރެއާއާ ދެމެދު ހުންނަ ދުރުމިނަށްވުރެ ވެސް މާބޮޑު ދުރުމިނެކެވެ.
ނަމަވެސް އުތުރު ކޮރެއާއިން ޓެސްޓުކުރި އައިސީބީއެމްއާއެކު އެމެެރިކާގެ ކޮންމެ ތަނަކަށް ވެސް އުތުރު ކޮރެއާއަށް ހަމަލާ ދެވޭނެ އެވެ.
އައިސީބީއެމްއެއް އުތުރުކޮރެއާއިން ޓެސްޓުކުރި އިރު އުތުރުކޮރެއާގެ ސިފައިން ރަޝިއާ ސިފައިންނާއެކު ޔުކްރޭންގައި ހަރަކާތްތެރިވާކަމަށް ހުޅަނގުގެ ގައުމުތަކުން ވަނީ ބުނަންފަށައިފަ އެވެ. އެގޮތުން އުތުރު ކޮރެއާގެ 10،000 އެއްހާ ސިފައިން ރަޝިޔާގައި ހަރަކާތްރިވަމުންދާ ކަމަށް ބުނަމުންދާ އިރު ރަޝިއާއިން އެކަން ސީދާ ދޮގުކޮށްފައެއް ނުވެއެވެ.
ބައެއް މާހިރުން ބުނާގޮތުން އުތުރުކޮރެއާގެ ސިފައިން ޔުކްރޭންއަށް ފޮނުވުމުން ރަޝިއާާއިން މިސައިލް ޓެކްނޮލޮޖީ ޔުކްރޭނަށް ދަނީ ފޯރުކޮށްދެމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު