2025 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި ރައްޔިތުންނަށް އޮތީ މާޔޫސްކަން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ބަޖެޓުގެ ގިނަ މައްސަލަތަކެއް ފާހަގަ ކުރައްވާ ފައްޔާޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓަކީ ރައްޔިތުންނަށް މާޔޫސްކަން ގެނުވާނެ ޓެކްސް ބޮޑު، ހަރަދު ބޮޑު، ދަރަނި ބޮޑު ބަޖެޓެއް ކަމަށެވެ.
އެގޮތުން، ކޮވިޑް19 އަށް ފަހު ބޭނުންވާ އިގުތިސާދީ އިސްލާހީ އެޖެންޑާ މި ބަޖެޓުގައި ބޭނުންވާ މިންވަރަށް ހިމެނިފައި ނެތްކަން ފައްޔާޒު ފާހަގަ ކުރައްވާފައި ވެއެވެ. އަދި 16.9 ބިލިއަން ރުފިޔާގެ އިތުރު ދަރަނި މި ބަޖެޓުގައި އޮތްއިރު އެކަން ފޫބައްދަން ހޯދަން ޖެހޭ ފައިސާ ހޯދަން ސަރުކާރުން ގެންގުޅޭނެ ޕްލޭނެއް ބަޖެޓުން ފެންނަން ނެތްކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން، ބަޖެޓު ފައިނޭންސް ކުރުމަށް ބެންކުގައި ހުންނަ ފައިސާ ސަރުކާރަށް ނެގުމުން ޕްރައިވެޓް ސެކްޓަރއަށް އެކަމުގެ ދަތި ކުރިމަތިވާނެ ކަމަށާއި މިހާރު ވެސް ސަރުކާރުން ޕްރައިވެޓް ފަރާތްތަކަށް ދޭންޖެހޭ ފައިސާ އަދާކުރަމުން ނުދާކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.
ފައްޔާޒު ވިދާޅުވީ، ރައީސް މުޢިއްޒު ވެވަޑައިގެންފައިވާ ބޮޑެތި ވައުދުތައް ފުއްދުމަށް މި ބަޖެޓުގައި ފައިސާ ހިމަނާފައި ނެތްކަމަށެވެ. އެގޮތުން، ކުރިން ބަޖެޓުތައް ހުށަހަޅާއިރު ހިންގާނެ ޕްރޮޖެކްޓްތަކުގެ ތަފުސީލު އޮންނަ ކަމަށާއި ނަމަވެސް މިފަހަރު އެފަދަ ތަފްސީލު ލިސްޓެއް ހުށަހަޅާފައި ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސް މުޢިއްޒު ވީ ބޮޑެތި ވައުދުތައް ވެސް މި ބަޖެޓުގައި ނުހިމެނޭ. އެކަން ބަޖެޓުގެ ތަފްސީލަކުން ނަންބަރަކުން ފެންނާނަކަށް ނެތް. މި ބަޖެޓަކީ ރައީސް މުޢިއްޒު އުނބަށް ޖަހައި ވައުދާ ހިލާފުވި ބަޖެޓެއް. ރައްޔިތުންގެ އުއްމީދުތަކުގައި ކޮޅުފައިން ޖަހާ ބަޖެޓެއް،" ފައްޔާޒުގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
ފައްޔާޒުގެ ޕޯސްޓްގައި ވިދާޅުވީ، މި ބަޖެޓުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތި ނުވާނެ ކަމަށާއި އޭގެ ބަދަލުގައި ރައްޔިތުންނާއި ވިޔަފާރިތަކުގެ ފައިސާ ސަރުކާރަށް ޓެކްސްގެ ގޮތުގައި އިތުރަށް ނަގައި އެ ފައިސާ ސަރުކާރުގެ އިސްރާފަށް ހޭދަ ކުރާނެ ކަމަށެވެ.
އަދި މި ބަޖެޓުން ފެންނަނީ އިގުތިސާދީ މާލީ ކަންކަން މެނޭޖް ނުކުރެވި، ތިމާމެންނަށް ނުވާ ވަރުގެ ކަމަކާ ބޮލުގައި އެޅިގެން ނުކުރެވިގެން އުޅޭތަން ކަމަށާއި މިއީ ދިވެހި ރައްޔިތުންނަށް ހައްގު މިންވަރު ނޫން ކަމަށް ވެސް ކުރީ ސަރުކާރުގެ އިގުތިސާދާބެހޭ ވަޒީރު ވިދާޅުވިއެވެ.
ބަޖެޓުން ފައްޔާޒަށް ފެނުނު ގިނަ ކަންކަން ޕޯސްޓްގައި ހިމަނުއްވާފައި ވީނަމަވެސް، ބަޖެޓުގެ އެއްވެސް ރަނގަޅު ކަމެއް އޭނާގެ ޕޯސްޓްގައި ފާހަގަ ކުރައްވާފައި ނުވާކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު