ހުޅުމާލޭގައި ގާއިމު ކުރި ކޯވިޑް ފެސިލިޓީ؛ މި މަރުކަޒުގެ ގިނަ މަސައްކަތްތައް ކޮށްފައިވަނީ ސިފައިންގެ ވަރަށް ބުރަ މަސައްކަތުން
ހުޅުމާލޭގައި ގާއިމު ކުރި ކޯވިޑް ފެސިލިޓީ؛ މި މަރުކަޒުގެ ގިނަ މަސައްކަތްތައް ކޮށްފައިވަނީ ސިފައިންގެ ވަރަށް ބުރަ މަސައްކަތުން
ގޭގޭގައި ތިބޭ ކޯވިޑް-19ގެ ބަލިމީހުންނަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލްގައި ހަމަޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ފަރާތުން ވާހަކަދައްކަވަމުން ޑރ.އަހްމަދު ޝަހީދު ވިދާޅުވީ ކޭސްތައް އިތުރުވަމުން އަންނަ މިންވަރަށް ބަލައި، ބަލި މީހުންނަށް ފަރުވާދެވޭނެ އިތުރު އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

"ވަގުތީ ފަރުވާ ދެވޭނެތަނެއް މާލޭގައި އެބަ ހުންނަންޖެހޭ. މި ސެޓަޕްތައް ހެދުމުގެ މަސައްކަތްދަނީ ކުރަމުން." ޑރ.ޝަހީދު ވިދާޅުވިއެވެ.

ފެސިލިޓީގެ ގޮތުގައި ބޭނުންކުރާނެ ތަންތަން ހަމަޖެއްސުމަށް މި ދާއިރާގައި މަސައްކަތްކުރާ އަމިއްލަ ފަރާތްތަކާއިއެކުވެސް މަޝްވަރާ ކުރަންފަށާފައިވާކަމަށް ޑރ.ޝަހީދު ފާހަަގަކުރެެއްވިއެވެ. ޑރ.ޝަހީދު ވިދާޅުވީ އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންގެ ހާލަތަށް ބަލައި، ހާލަތު ގޯސްނޫން ބަލިމީހުން ހުޅުލޭ އައިލެންޑް ހޮޓަލަށް ބަދަލުކުރަން ފަށާފައިވާކަމަށެވެ.

މިގޮތަށް އެޗްއައިއެޗަށް މީހުން ބަދަލުކުރަން ފަށާފައިވަނީ ހާލު ގޯސްވާ މީހުންނަށް މެޑިކަލް ފެސިލިޓީގައި ބައިތިއްބައިގެން ފަރުވާދެވޭނެހެން އެނދުތައް ހުސްކުރުމަށްކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑަށް ފަރުވާދޭ މައި މަރުކަޒުގެ ގޮތުގައި ބޭނުންކުރަނީ ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ކޮވިޑް މެޑިކަލް ފެސިލިޓީއެވެ. މި ފެސިލިޓީގައި 170އަށްވުރެ ގިނަ މީހުންނަށް މިހާރުވެސް އެޑްމިޓްކޮށްގެން ފަރުވާދެމުންދާއިރު، ފެސިލިޓީގެ 70 އިންސައްތަ އެނދު މިހާރު ބޭނުންކުރަމުންދާ ކަން ފާހަގަކުރެވެއެވެ. ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު މިރޭ ވަނީ 7000 އަށް ވުރެ މައްޗަށް އަރައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން