ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ރައްޔިތުން މަޖިލިހުން ކަމެއް ތަހުގީގުކުރަން ފަށައިފިނަމަ އެއުޅެނީ ކޮންމެވެސް ޖަރީމާއެއް ވަންހަނާކުރަން ކަމަށް ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ކުރީގެ ޗާންސެލާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހަންމަދު ޝަހީމް އަލީ ސައީދު އަލީ މިހެން ވިދާޅުވީ އިއްޔެ އޮތް ރައްޔިތުން މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީނު ހާޒިރުކޮށް ހެލްތު މިނިސްޓްރީގެ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކާ ގުޅިގެން ސުވާލުކޮށްފައިވާ މައްސަލައަށް އިޝާރާތް ކުރައްވައެވެ.

އިއްޔެ އޮތް ކޮމިޓީގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ވެންޓިލޭޓަރު ގަތުމަށް ހަވާލުކުރުމުގައި ވައްކަމެއް ކޮށްފައިނުވާނެ ކަމަށާއި، ދުބާއީ ކުންފުންޏާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެންނަން ނިންމީ އިޚުލާޞްތެރިކަމާއެކު ހެޔޮ ނިޔަތުގައި ކަމަށެވެ.

ޑރ. ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައްޔިތުން މަޖިލިހުން ކަމެއް ތަހުގީގުކުރަން ފަށައިފިނަމަ އޭގެ މާނައަކީ އެއުޅެނީ ކޮންމެވެސް ޖަރީމާއެއް ވަންހަނާކުރަން ކަމަށެވެ.

"ކަމެއް ތަޙުޤީޤުކުރަން މަޖްލީހަށް ބަޔަކު ޙާޒިރުކޮށްފި ނަމަ މާނައަކީ އެއުޅެނީ ކޮންމެވެސް ޖަރީމާއެއް ފޮރުވަން." ޑރ.މުޙައްމަދު ޝަހީމު ވިދާޅުވިއެވެ.



ޑރ.ޝަހީމު އިތުރަށް ވިދާޅުވީ މިފަދައިން ޖަރީމާ ފޮރުވުމުގެ އެއް މިސާލަކީ "ރޭޕުފުޅު" ކަމަށެވެ. ޝަހީމް އެ އިޝާރާތްކުރެއްވީ ހުޅުމާލޭ ފަޅުގައި އަޅާފައިވާ ސަފާރީއެއްގައި ބޭރު އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށްބުނާ މައްސަލައަށެވެ. އެމައްސަލާގެ ތުހުމަތު މިސަރުކާރާ ގުޅުންހުރި ފަރާތަކަށް ކުރެވޭ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.

އޭގެ އިތުރަށް ޑރ.ޝަހީމު ވިދާޅުވީ މަޖިލިހުން މިހާތަނަށް ހިންގި އެއްވެސް ތަހުޤީޤެއްގައި އެއްވެސް މީހަކު ކުށްވެރިވެފައިނުވާ ކަމަށެވެ. އަދި ޖަވާބުދާރީވާން ފުރުޞަތު ނުދީ މިހާތަނަށް ނިންމާފައިވަނީ އެންމެ ކަމެއް ކަމަށާއި އެކަމަކީ މަރުކޮމިޝަނުގެ ތަޙުޤީޤު ކަމަށްވެސް ޑރ. ޝަހީމު ވިދާޅުވިއެވެ. ޑރ. ޝަހީމު މި އިޝާރާތް ކުރައްވަނީ ވަރަށް އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލާފައިވާ މަރްހޫމް ޑރ. އަފްރާޝީމު ޢަލީގެ މަރުގެ މައްސަލައިގައި މަރުކޮމިޝަނުން ނެރުނު ރިޕޯޓުގައި އެމައްސަލައިގައި ޑރ ޝަހީމު މައްޗަށް ތުހުމަތު ތަކެއް ކުރެވޭ ގޮތަށް ރިޕޯޓްގައި ޑރ. ޝަހީމުގެ ނަންފުޅު ހިމަނާފައި ވާތީ ކަމަށް ބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


8

ޟާމިރު

28-Aug-2020

މަޖިލިސް ނޫން ހުރިހާ ތަނެއް އުވައިލާންވީ. ކީއްކުރަން ބޮޑު މުސާރަދީފަ ހުންނަ މުއައްސަސާތަކެއް. ކީއްކުރާ އޭސީސީއެއް. ޕައްލަންބެއަށް ހުރިހާ ކަމެއް އެނގޭނެ.


-1

މަށޭކިޔާހޭ

26-Aug-2020

ތަހްޤީގް މިނަން ކިޔާއަޑު އިވޭ އިރަށް ގައިހިރުވަންޏާ ތިޔައީ ބޮޑުމައްސަލައެއް އަނެއްކާ މިސްކިތު ހުޅުޖެހި މީހާއަށް ވީގޮތް ވަނީނޫންބާ!



ޓްރެންޑިން