މާ ބާރަށް ވާހަކަ ދެއްކުމުން ފާމަސިސްޓަކު ބިރުގަނެ ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށްފި އެވެ.

ފުލުހުން ބުނީ ގއ. ގެމަނަފުށީގައި ހުންނަ ބޭސް ފިހާރައަކަށް ދިޔަ ދުވަސްވީ މީހަކު ބޭހެއް ނުލިބިގެން ރޭ ހިތްހަމަނުޖެހުން ފާޅުކުރި ކަމަށެވެ. އަދި އެކަމާ ހިތްހަމަ ނުޖެހިގެން އޭނާ ބާރަށް ވާހަަކަ ދެއްކުމުން ފާމަސީގައި އިން ޒުވާން ދިވެހި އަންހެން މީހާ ބިރުގަތީ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އަދި މާބޮޑަށް ބިރުގަތުމުން އެ އަންހެން މީހާއަށް ގެމަނަފުށީގެ ސިއްހީ މަރުކަޒުގައީ ފަރުވާ ދޭންވެސް ޖެހުނުކަމަށް ފުލުހުން ބުނެފައި ވެއެވެ. ނަމަވެސް ފަރުވާ ދިނުމަށްފަހު މިހާރު އޭނާ ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެ މައްސަލައިގައި މީހަކު ހައްޔަރުނުކުރާ ކަމަށާއި އެހެން ނަަމަވެސް މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން