ކުއްލިއަކަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބަދަލު ގެންނަނީ ޚުދުމުޚުތާރު ވެރިކަމެއް ގެންނަން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
ސިޔާސީ ޕާޓީތަކުގެ ވަކިވަކި މެންބަރުން ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފުވެއްޖެނަމަ އެ ޕާޓީއެއް 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ސަރުކާރުން ހުށަހެޅި ބިލުގެ ބަހުސް މިއަދު މަޖިލީހުގައި ވަނީ ފަށައިފައެވެ.
އެ ބަހުސްގައި މައުރޫފް ވިދާޅުވީ އެ ބިލު ހުށަޙެޅި މި ދަނޑިވަޅަކީ ސިޔާސީ ޕާޓީތަކުން ގާނޫނާ ޚިލާފު ކަންތައްތަކެއް ކުރަމުންދާ ދަނޑިވަޅެއްވެސް ނޫން ކަމަށެވެ.
އެހެންކަމުން ކުއްލިއަކަށް އެއް ލައްކަ ރުފިޔާއާ ހަމައަށް ސިޔާސީ ޕާޓީތައް ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނަށް ބަދަލުތަކެއް ގެންނަ ސަބަބާމެދު މައުރޫފް ސުވާލު އުފެއްދެވިއެވެ.
"މިކަންކަމާމެދު އަޅުގަނޑުމެން ވިސްނާލާއިރު، ހަމަ ހަގީގަތުގައި ވެސް މި ފެންނަނީ އިއްޒަތްތެރި ރައީސް ދިވެހިރާއްޖޭގެ މިސްރާބު ޚުދުމުޚުތާރު ވެރިކަމަކާ ދިމާލަށް މިސްރާބު ޖަހާފައި ހުރި މަންޒަރު އަޅުގަނޑުމެންނަށް މި ފެންނަނީ." މައުރޫފް ވިދާޅުވި އެވެ.
މައުރޫފް އިތުރަށް ވިދާޅުވީ މިހާރު ފެންނަމުންދަނީ މުޅި ރާއްޖޭގެ ހުރިހާ މިނިވަން މުވައްސަސާތަކެއް ރައީސްގެ އަތް ދަށަށް ގެނެވޭ މަންޒަރު ކަމަށެވެ.
"އެހެންވީމާ ސިޔާސީ ޕާޓީތައް އޮބަހައްޓަން ޖޫރިމަނާތައް ބޮޑުކޮށް މިކަންކަަން ކުރާނީ. އެހެން ނޫނީ މިއީ ކުރާ ޒާތުގެ ކަންކަމެއް ނޫން." މައުރޫފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު