ޒަކާތު ހައުސްއިން ބޭސްފަރުވާއަށް، ވަންގަވް މެދުވެރިކޮށް އެކަނި އެދެވޭ ގޮތަށް ހަދައިދިފި އެވެ.
މިއަދު ހެނދުނު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަންގަވްއިން އެ ހިދުމަތް ލިބޭނެ ގޮތް ތައަރަފްކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދުއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތު ހައުސްގެ ބޭސްފަރުވާގެ ހިދުމަތް ވަންގަވްއަށް ގެނައީ ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަކަމާއި އަވަސްކަމާއެކު ޚިދުމަތަށް އެދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށެވެ.
އަދި އެ ހިދުމަތް ތައަރަފްކުރުމާއެކު މިއަދުން ފެށިގެން ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށް ޒަކާތުގެ ބޭސްފަރުވާގެ އެހީއަށް އެދި ހުށައަޅާ ފޯމުތައް ބަލައިނުގަންނާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ޒަކާތު ހައުސްއިން މިިދިޔަ ސެޕްޓެމްބަރު މަހުވެސް 131 މީހަކަށް ބޭސް ފަރުވާކުރުމަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު