އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް މި މަހުގެ 20 ވަނަ ދުވަހަށް ނިންމަން މަޖިލީހުގެ ބަޖެޓު ކޮމިޓީން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ދައުރު ނިމުމުގެ ހަތް ދުވަސް ކުރިން ބަޖެޓުގެ މަސައްކަތް ނިންމަންޖެހެއެވެ.
އެހެންވެ މިއަދު ބޭއްވި މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ވަނީ ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާމެދު މަޝްވަރާކޮށްފައެވެ.
ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު ހުށަހެޅުއްވީ ބަޖެޓުގެ މަސައްކަތް މި މަހުގެ 20 ވަނަ ދުވަހު ނިންމުމަށެވެ. އަދި އޭނާގެ ހުށަހެޅުއްވުމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު ތާއިދުކުރެއްވި އިރު އެ ނިންމުން ކޮމިޓީގެ އަޣުލަބިއްޔަތުން މިއަދު ވަނީ ފާސްކޮށްފައެވެ.
މިއަދުގެ ކޮމިޓީގައި ވަނީ އޮޑިޓަރ ޖެެނެރަލްއާއި އެމްއެމްއޭގެ ގަވަރުނަރު ބަޖެޓާ މެދު ދެކޭ ގޮތުގެ ޚުލާޞާ ބަޔާނެއް ބަޖެޓު ފާސްކުރުމުގެ ކުރިން ހުށަހަޅަން ޖެހޭ ގޮތަށް ވެސް ފާސްކޮށްފައެވެ.
މިއަދުގެ ބަޖެޓު ކޮމިޓީގައި ވަނީ ބަޖެޓު ކޮމިޓީގެ މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަވާދު އަދި ނައިބު މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހަމަޖައްސަވާފައެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓުގައި ޖުމްލަ ޚަރަދުގެ ގޮތުގައި ލަފާކޮށްފައިވަނީ 49.2 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 35.9 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ޚަރަދެވެ. އަދި ކެޕިޓަލް ޚަރަދަކީ 13.3 ބިލިއަން ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު