އިބްރާހިމް ފަހީމް   4 ނޮވެމްބަރު 2024 - 21:39
މާލެގައި އޭލެވެލްއަށް ކިޔަވައިދޭން ފެށި ސީއެޗްއެސްއީ ރަސްމީކޮށް ހުޅުވައިފިއެވެ.

މާލެ ސީއެޗްއެސްއީގެ ކިޔެވުން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ ފަށާފައެވެ. ނަމަވެސް އޭރު ސްކޫލް ރަސްމީކޮށް ހުޅުވާފައެއް ނުވެއެވެ.

އެހެންކަމުން އެ ސްކޫލް ރަސްމީކޮށް ހުޅުވާފައިވަނީ މިރޭ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ސްކޫލުގެ ފަރާތުން ވަނީ ސްކޫލްގެ އެހާރާއި މިހާރުގެ ހަނދާނީ ރަމްޒެއް ރައީސަށް އަރުވައިފައެވެ.

މި ސްކޫލަކީ މާލޭގައި އޭލެވެލަށް ކިޔަވައިދޭނެ ސަރުކާރުގެ ސްކޫލެއް ނެތުމުން އެ ކަމުގެ ދަތިކަން ގިނަ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފޯރާތީ ރައީސްގެ ހާއްސަ ނިންމެވުމެއްގެ ދަށުން އަލުން ކިޔަވައިދޭން ފެށި ސްކޫލެކެވެ.

އެ ސްކޫލްގައި ކިޔެވުން ފެށުމުގެ ކުރިން ސަރުކާރު ސްކޫލެއްގެ ގޮތުގައި އޭލެވެލްއަށް ކިޔަވައިދެމުން ދިޔައީ ހަމައެކަނި ހުޅުމާލެގައި ހުންނަ ސީއެޗްއެސްއީގައެވެ.

މި ސްކޫލުގައި މިހާރު 424 ދަރިވަރުން ދަނީ ތަޢުލީމު ހާޞިލްކުރަމުންނެވެ. ސީއެޗްއެސްއީ އެންމެ ފުރަތަމަ ހުޅުވާފައިވަނީ 3 ޖުލައި 1979 ވަނަ އަހަރުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން