އެމްޑީޕީގެ ލަފައާއި އިރުޝާދަށް ރިއާޔަތްކޮށް 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހެދިނަމަ، ދެމަސްދުވަހުގެތެރޭގައި ރާއްޖެ ބަނގުރޫޓްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) އިން އަލަށް ފެށި ރައްޔިތުންގެ ސައްލާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، ބަޖެޓް ހަދަންޖެހޭ ގޮތް އެމްޑީޕީން އެޕާޓީއަށް ކިޔައިދޭން ނުޖެހޭނެ ކަމަށެވެ. އެމްޑީޕީގެ ލަފައާއި އިރުޝާދަށް ރިއާޔަތްކޮށް 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހެދިނަމަ، ދެމަސް ދުވަސް ތެރޭގައި ރާއްޖެ ބަނގުރޫޓްވާނެކަމަށް ޝުޖާޢު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ 2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކޮށްފައިވަނީ ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ބޭރުގެ މާލީ އިދާރާތަކުން ދިން އިރުޝާދުތަކަށް ވަރަށް ބޮޑަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށެވެެ.
"އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވަނީ، އެމްޑީޕީން އަޅުގަނޑުމެންނަށް ދައުލަތުގެ ބަޖެޓް ހަދާނެގޮތް ކިޔާދޭން ނޫޅުއްވާށޭ. ތިގޮތަށް ތިބޭފުޅުންގެ ލަފަޔާއި އިރުޝާދު ހޯދައިގެން އަޅުގަނޑުމެން ބަޖެޓް ހަދައިފިއްޔާ ކުރިޔަށް އޮތް ދެމަސްތެރޭ ބަނގުރޫޓުވާނެ ގައުމު. އެހެންވީމާ އެމްޑީޕީން ދައުލަތުގެ ބަޖެޓް ތައްޔާރުކުރާނެ ގޮތް ޕީއެންސީއަކަށް ކިޔާދޭކަށް ނުޖެހޭނެ. އަދި އެކަން އަޅުގަނޑުމެން އަޑެއްވެސް ނާހާނެ ވާހަކަ ދަންނަވަން." ޝުޖާޢު ވިދާޅުވިއެވެ.
މީގެއިތުރުން ޝުޖާޢު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ބަޖެޓް ހެދިއިރު ހަމައެކަނި އިސްކަންދިނީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އެކަނި ކަމަށެވެ. އަދި 20 ވަނަ ރައްޔިތުންގެ މަޖިލީހުން، މިދިޔަ ސަރުކާރުގެ މާލީ ހިސާބުތައް ބެލިއިރު، ދައުލަތުގެ މާލީ ނިޒާމަށް ބަދަލުތައް ގެނައުމަށް ބޭރުގެ މާލީ އިދާރާތަކުން އޭރުވެސް އިރުޝާދު ދީފައި އޮތްކަމަށާއި އެގޮތުން، ދައުލަތުގެ ހަރަދު ކުޑަކުރުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް ރީސްޓަކްޗަރކުރުމާއި، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ލަފާދިން ނަމަވެސް އެލަފާތައް ސަރުކާރުން ގަބޫލުނުކުރި ކަމަށް ޝުޖާޢު ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ 55 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި މަހުގެ 20، ގެ ކުރިން ބަޖެޓުގެ މަސައްކަތް ނިންމާލުމަށް ބަޖެޓު ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

އެމްޑީޕީން ދައުލަތުގެ ބަޖެޓު ހަދާނެގޮތް ކިޔައިދީފިނަމަ، ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ދައުލަތް ބަނގުރޫޓުވާނެ: މެންބަރު ސުޖާއު pic.twitter.com/CeMt1Q1vjv
— PSM News (@psmnewsmv) November 4, 2024
"އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވަނީ، އެމްޑީޕީން އަޅުގަނޑުމެންނަށް ދައުލަތުގެ ބަޖެޓް ހަދާނެގޮތް ކިޔާދޭން ނޫޅުއްވާށޭ. ތިގޮތަށް ތިބޭފުޅުންގެ ލަފަޔާއި އިރުޝާދު ހޯދައިގެން އަޅުގަނޑުމެން ބަޖެޓް ހަދައިފިއްޔާ ކުރިޔަށް އޮތް ދެމަސްތެރޭ ބަނގުރޫޓުވާނެ ގައުމު. އެހެންވީމާ އެމްޑީޕީން ދައުލަތުގެ ބަޖެޓް ތައްޔާރުކުރާނެ ގޮތް ޕީއެންސީއަކަށް ކިޔާދޭކަށް ނުޖެހޭނެ. އަދި އެކަން އަޅުގަނޑުމެން އަޑެއްވެސް ނާހާނެ ވާހަކަ ދަންނަވަން." ޝުޖާޢު ވިދާޅުވިއެވެ.
މީގެއިތުރުން ޝުޖާޢު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ބަޖެޓް ހެދިއިރު ހަމައެކަނި އިސްކަންދިނީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އެކަނި ކަމަށެވެ. އަދި 20 ވަނަ ރައްޔިތުންގެ މަޖިލީހުން، މިދިޔަ ސަރުކާރުގެ މާލީ ހިސާބުތައް ބެލިއިރު، ދައުލަތުގެ މާލީ ނިޒާމަށް ބަދަލުތައް ގެނައުމަށް ބޭރުގެ މާލީ އިދާރާތަކުން އޭރުވެސް އިރުޝާދު ދީފައި އޮތްކަމަށާއި އެގޮތުން، ދައުލަތުގެ ހަރަދު ކުޑަކުރުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް ރީސްޓަކްޗަރކުރުމާއި، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ލަފާދިން ނަމަވެސް އެލަފާތައް ސަރުކާރުން ގަބޫލުނުކުރި ކަމަށް ޝުޖާޢު ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ 55 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި މަހުގެ 20، ގެ ކުރިން ބަޖެޓުގެ މަސައްކަތް ނިންމާލުމަށް ބަޖެޓު ކޮމެޓީން ވަނީ ފާސްކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު